ރައްޔިތުންގެ އުދާސްތަކަށް ހުރަސްއަޅަނީ ފުލުސް ބެރިކޭޑުތަކުން ކަމުގައި އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.
ރައީސް ޔާމީން އިއްޔެ ކުރެއްވި ޓުވީޓެއްގައި ވަނީ ބަޔަކު އުންމީދު ނުކުރާހާ މޮޅަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ކޯލިޝަން ސަރުކާރުން ވައުދު ފުއްދަވައިފިކަމަށް ވިދާޅުވެ ސަރުކާރަށް މަލާމާތުގެ ބަސްތައް ރައްދު ކުރައްވާފައެވެ.
Pledges fulfilled beyond anyone’s expectation😁Public’s emotional outpour held in check by police barricades.The beleaguered Prz shuns de media. Yet de sluggish circus train is chugging down its track to Destination 2023
— Abdulla Yameen (@prz_ymn) May 11, 2022
ރައީސް ސޯލިހު މީޑިއާތަކަށް ފިއްލަވައިގެން އުޅުއްވާކަމުގައިވެސް ޔާމީން ވިދާޅުވިއެވެ. އަދި މުޑުދާރު ކިއްލާއެއްފަދަ ސަރުކާރަކުން ހަމައެކަނި ކުރާ މަސައްކަތަކީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ހޯދުން ކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސް ސޯލިހު މީޑިއާތަކާ ބައްދަލު ނުކުރައްވާތާ މިހާރު 9 މަސްވަނީ ވެފައެވެ.