ކޮލަމްސިޔާސީ

ހިސްޓޯގެ ގަލަމުން: ނާޒިމެވެ! އޮޅުވައިނުލާށެވެ!

ނާޒިމްއެވެ. ދިވެހިންގެ ވެރިކަން ނާޒިމަށް ނުދޭންވީ ސަބަބުތައް ތިޔަ ކިޔައިދެނީ އަމިއްލަ ދުލުންނެވެ. ވެރިކަން ނުދޭންވީ ޖީއެމްއާރ އިން ރަނގަޅު ޑީލެއް ލިބޭނަމަ، އެމީހުން ނުފޮނުވައި ބައިތިއްބަން ބާރު އެޅީމައެވެ. ވެރިކަންނުދޭންވީ، ރާއްޖޭގެ އެއްގަމާއި ކަނޑު އެމެރިކާއަށް ހިބަކޮށްދޭން ހެދި ޙީލަތްތެރި ސޯފާ އެއްބަސް ވުމުގެ މުގުލުގައި ނާޒިމް ހުރީމައެވެ.

ނާޒިމްއެވެ. ފެން ކްރައިސިސް މެދުވެރިވީ ނުވަތަ މެދުވެރިކުރުވީ ރޖ. ރާއްޖެއިން ބޭރުގައި ހުންނަވަނިކޮށެވެ. ރޖ. ނާޒިމަށް ނުގުޅުއްވައި “ނާޒިމް އޭ ކުރިޔަށްގެންދާށޭ” ބުނާނީ ކިހިނަކުން ހެއްޔެވެ؟ ކްރައިސިސް ދިމާވުމުން ރޖ. ދަތުރުފުޅު ކުރުކުރައްވައި ރާއްޖެ ވަޑައިގަތީ ނޫންހެއްހެވެ؟ ކްރައިސިސްއާ ގުޅިގެން ނާޒިމް ހިމެނޭނެހެން ޓާސްކްފޯސްގެ އެންމެހާ ފަރާތްތަކާ ރައީސް ގެންދެވީ ގުޅުއްވައި އިރުޝާދުދެއްވަމުންކަން އަހުރެން ދެނަހުރީމެވެ. އެމަނިކުފާނު ފުރާވަޑައިގެންނެވި ދުވަހު އެއަރޕޯޓަށް ވަޑައިގެންނެވީ ވެސް ނާޒިމް ހިމެނޭހެން އެކި ބޭފުޅުންނަށް ގުޅުއްވައި އެމަނިކުފާނަށް އެނބުރި ވަޑައިގެންނެވެންދެން ކަންކަން ކުރަންވީތޮތް ވިދާޅުވެ އިރުޝާދު ދެއްވުމުގައި ހުންނެވުމަށްފަހުކަން އަހުރެން ދެނަހުރީމެވެ. ރައީސް އަރިހުގައި އަހުރެން ހުރީމެވެ. ވަޒީރަކަށް ޕާރފޯމް ކުރެވޭނީ ލީޑަރޝިޕް ހުރި މީހަކު ވަޒީރުންގެ މަޖިލީހުގެ ރިޔާސަތުގައި ނުވަތަ ރޖ.ގެ މަގާމުގައި ހުރެގެންކަން ނާޒިމަށް ނޭގުނީތީ ހައިރާންވަމެވެ. މިއަދުގެ ސަރުކާރުގައި ތިބި ވަޒީރުންގެތެރެއިން އެއްވެސް މީހަކަށް ރަނގަޅަށް ޕާފޯމްނުކުރެވިގެން އެއުޅެނީ ރިޔާސަތުގައި “ގަބު” މީހަކު ހުރުމުންކަމީ އެންމެން ދަންނަ ޙަޤީޤަތެކެވެ. ނާޒިމް ރިޔާސީ ދެ ދައުރެއްގައި ވަޒީރުކަން ކުރެއްވިއިރު މިވަރު ނޭނގުނީމާ އެއިން ދޭހަކޮށްދެނީ، ނާޒިމަކީ ބުނިއްޔާ ބުނިކަމެއް ބުނިގޮތަކަށް ކުރުންފިޔަވައި އަމިއްލަ ލީޑަރޝިޕްގައި ކަމެއްކުރުމުގެ ޤާބިލުކަމެއް ނެތް މީހެއްކަމެވެ.

ނާޒިމްއެވެ. ލީޑަރޝިޕް ކްރެޑިޓް ނަގަންޏާ 7 ފެބްރުވަރީގެ ކްރެޑިޓް ނަގާށެވެ. އެމްޑީޕީ ސިފަކުރާގޮތުގައި އެއީ ބަޣާވާތެކެވެ. އެމީހުން ބުނާގޮތުން އެބަޣާވާތުގައި އިސްކޮށް ތިބީ ނާޒިމާ ރިޔާޒާ ދެމީހުންނެވެ. ބަޔަކު އެއޮތީ ކްރެޑިޓް ދީފައެވެ. އަވަހަށް ނަގާށެވެ.

ނާޒިމްއެވެ. އެއަރޕޯޓޭ ނުކިޔައްޗެވެ. އެއީ ނާޒިމްގެ ދޯސްތުންނެވެ. މިނިވަންކަމޭވެސް ނުކިޔައްޗެވެ. ރ.ވަޙީދުގެ ސަރުކާރުގައި، ނާޒިމްގެ ވަޒީރުކަމުގައި އެމެރިކާއަށް އިންޑިއާކަނޑު ހިބަކޮށްދޭން އަދި މިހާރު އިންޑިއާ އެ ބޭނުންވާގޮތަށް ރާއްޖޭގެ ބާރު ނުހިނގާނެހެން ޤައުމުގެ ބިމުން ބައެއް، އަސްކަރީ ބޭނުމަކަށް އެމެރިކާއަށް ލިބިދެވޭގޮތަށް ހަދަން އުޅުނު ސޯފާ އެއްބަސްވުމުގައި ދައުލަތުން ސޮއިކުރުވަން އެންމެ ބޮޑަށް ބާރުއެޅީ ނާޒިމް ނޫންހެއްޔެވެ؟ ނާޒިމްމެން ބޭނުންވިގޮތަށް އެކަން ނުކުރެވުނީ އޭރުގެ ސަރުކާރަށް ތާއީދުކުރާ އެއްލީޑަރު ކަމަށްވާ ރ.ޔާމީން އެކަމާ ފާޅުގައި ދެކޮޅުހެއްދެވުމުން ކަން ހަނދުމަ ނެތުނީހެއްޔެވެ؟ ނޫނީ ރޔ.ތިމަންޔަށް ނުގުޅައޭ ބޭރުގައޭ ކިޔައި ހާސަރު ތިޔަ ދަމަނީ އެކަމުގެ ނުރުހުމުގައި ހެއްޔެވެ؟ އެ އެއްބަސްވުން ނާކާމިޔާބުވީމާ، މިއަދު ނާޒިމްމެންގެ ކޯލިޝަން ސަރުކާރުން ތިޔަވަނީ އިންޑިއާއާއެކު އެފަދަ އެއްބަސްވުންތައް ހަދައިގެން ޤައުމުގެ ސިޔާދަތު ވިއްކާލާފައި ނޫންހެއްޔެވެ؟

ނާޒިމްއެވެ. ކޮވިޑުގެ ތެރޭގައި ހިނގައިދިޔަ ހުރިހާކަމެއް އެ ހިނގައިދިޔައީ މެނޭޖުކުރުމުގެ ދޯހަޅިކަމުންނެވެ. ކޮވިޑަކީ މާލިއްޔާއަށް އަތްބާނަން ލިބުނު ރަނުގެ ފުރުސަތެއްކަމަށް ބަލައި ކުރި އިސްރާފުގެ ވާހަކަ ނުދައްކަން ތިޔައުޅެނީ ކީއްވެގެން ހެއްޔެވެ. ދައުލަތުގެ ވަޞީލަތްތައް ހުއްޓައި އެކިއެކި ފެސިލިޓީއެޅުމުގެ ނަމުގައި ކުރި އިސްރާފުގެ ވާހަކަ ދައްކަން ފަސްޖެހެނީ އަމިއްލައަށް އެއިން ބައެއް ލިބިފައި އޮތީމަ ހެއްޔެވެ؟ ކޮވިޑު މެނޭޖުކުރަން ގެނައި ކޮންސަލްޓަންޓުންގެ ވާހަކަ ނުދައްކަނީ އެމީހުންގެ ވާހަކައަކީ ދައްކާ ވަރަށްވުރެވެސް ލަދުވެތި ވާހަކައަކަށް ވާތީ ނޫންހެއްޔެވެ؟ ފްލޯޓިންގ ހޮސްޕިޓަލް މާގިރި ލޮޖަށް އުރުނުގޮތް ހަމަ ނޭނގެނީ ހެއްޔެވެ؟ ވެންޓިލޭޓަރުގެ ވައްކަން ފަޅާއެރި ހިސާބުން އެކަން ބަލަން ސަރުކާރު ފަހަތުފަޔަށް ބުރަވީ ކީއްވެގެންކަން ޚުދު ނާޒިމަށް އެނގޭނެއެވެ. އޭސީސީ އާއި ޕީޖީ އަދި ފިނޭންސް މިނިސްޓަރާއި ރ.އޮފީހުން ދެއިރު ދެދަޅަޔަށް ދެގޮތަށް ބަސް އަނބުރަމުން ގޮސް މިއަދު އެކަންތައް ގުޅީޢީސާކަލޭފާނުގެ ޝަރީޢަތެކޭ އެއްގޮތްވެފައި އެވަނީ ހަމަ ސަރުކާރުގެ މޮޅުކަމުން ދެއްތޯއެވެ؟

ނާޒިމް އެވެ. މިޤައުމަށް ތިޔަހާ އަނިޔާވެރިވެ ގެއްލުންތިޔަ ދެނީ، މިޤައުމު ނާޒިމަށް ކޮންކަމެއް ކޮށް ނުދީގެންހެއްޔެވެ؟ ހަމަ ވެރިކަމުގެ ދަހިވެތިކަމުގައި ހެއްޔެވެ؟

19 Comments

  1. ކޮންމެ އެއްޗެއް ކިޔަސް ނަތީޖާ ނެރެދޭ ގާބިލް ވެރިއެއްކަން ދައްކާފަ އޮތާ ނާޒިމް ..! ހާދަ އަވަހަށޭ ތި ތެޅެންފެޝީ ؟

  2. ހިސްޓޯއެވެ. ތީ ހިހޫތަނުންކައިގެން އުޅޭ ސިޔާސީ ފެއިލިއަރ އެކެވެ.
    ތިއީ ހިސްޓްރީ. މިޒަމާނަކު ތިކަހަލަ ސިޔާސީ މީހުން ކަމުނުދޭ.

    1. ނާޒިމް އަކީ މިގައުމަށް ތަފާތު ގެނުވާނެ ތަފާތު ކެނޑިޑޭޓެއް… ވެރިކަން ކުރަން އެނގޭ… ހިތްތިރި އިހުލާސްތެރި ބޭކަލެއް… މީ ނާޒިމްގެ ފަހަރު

  3. ނާޒިމް އަކީ ސިޔާސީ ގޮތުން ނުކުންނެވި ކޮންމެ ކަމެއްގައި ތަފާތު ނަތީޖާ ނެރެދީފައިވާ ލީޑަރެއް ! މިކަން އޮޅުވާލަން ބަޔަކު ކިތަންމެ މަސައްކަތެއް ކުރިއަސް ރައްޔިތުންނަށް މިކަމެއް ނޯޅޭނެ !!

    1. އަދީބު ވެސް މައުމޫނު ވެސް ޕާޓީ އެއް ހެދި، އެގޮތައް ނާޒިމު އަށް ވެސް ޕާޓީ އެއް ހެދި ދާނެ، ލިބޭނެ އިތުރު ކުރި އެރުމެއް ނޯނާނެ

  4. ހިސްޓޯމެނ ފަދަ ހަގީގަތް ހާމަ ކުރަން ކެރޭ ދިވެހިން ގައުމުގަ ތިބީތ އުފާކުރަނ ސިޔާސީ މައިދާނުގ ނާޒިމް ސިފަ ކުރެވޭ ގޮތަކީ ވެރިކަން ވައްޓަނ ބަގާވަތ ކުރަން މޮޅުމީހެއްގ ގޮތުގަ ދެން ނާޒިމް އަށް ވެރިކަން ލިބިއްޖެ ނަމަވެސް ނާޒިމްނުކުމ އެވެރިކަންވެސ ވައްޓާނެކަން

    ނެނެެެެެެެެ

  5. ހިސްޓޯ ފައިސާ ފަހާ ޕާޓީތަކުން ދުވި އިރު ރައީސް ޔާމީނު ދައުލަތުގެ ހުރިހާރަށެއް ވިއްކައި، ޑޮލަރު އެއްކޮށް ބޮޑު ގެއެއް އަޅަމުން ކަން ހިސްޓޯ ހަނދާން ނުހުނަނީ ލާރިއަށް ބޫތުކައިފައި ހުރި ވަރު ބޮޑު ކަމުންވެ.

    1. ތީ ހަގީގަތާ އެއްގޮތް ވަރަށް ތެދު ލިޔުމެއް ނާޒިމަށް ވުރެ ނުރައްކާތެރި މީހަކު ރާއްޖެއަކު ނުހުންނާނެ ހަތިޔާރު ވިއްކުމުގެ ވަގު ވިޔަފާރީގެ ތުހުމަތުގައި ލަންކާއިން ވެސް ހޯދަން އުޅުނު ގައްދާރެއް ތި ނާޒިމަކީ.

  6. ނާޒިމް އާއި ނާޒިމްގެ ވަފާދާރުންނަށް މިވެރިކަމުގެ ކުޑަދުވަސްކޮޅުގެ ތެރޭގައި ލިބުނު ފައިދާގެ ވާހަކަ ދައްކަން ހެޔޮނުވާނެ. ރައީސް ޔާމީންގެ ދައުރުގައި ނާޒިމްމެން ބޭނުން ގޮތަކަށް ކަންކަން ކުރިޔަ ނުދިނުމުން، އެކަމާއި ހިތްހަމަނުޖެހި، ރައީސަށް ގޮންޖަހަން މަސައްކަތްކުރީ. ދެވަނަ ބަޣާވާތެއް ކުރަން ހިފާލީ. ރައީސަކީ ޙަޤީޤަތުގައި ނުލަފާ މީހަކަށްވީމާ، ޖަލުގޮޅިޔަށް ދާން މަޖުބޫރުވީ. ޒާތީ ހަސަދައިގެ މައްޗަށް މުޅި ސިޔާސީ ކެރިއަރ ބިނާކޮށްގެން ހިނގިއަސް ނުވާނެކަމެއް. ދާއިރާގެ ރައްޔިތުންނަށް ވީ ހަރާންކޯރު! ޕާޓީ ބަދަލެެއް ނުކުރާނަމޭ، ކޮންމެ ކުއާޓަރަކު އެއްފަހަރު ދާއިރާއަށް ޒިޔާރާތްކުރާނަމޭ، ކިޔައިގެން ދަނގެތީ ދާއިރާގެ ރައްޔިތުންގެ ލޮލުގައި އެޅުވީ އަނދުން!

    1. ހިސްޓޯ ތިދެއްކެވީ ހަމަ ރަނގަޅު ވާހަކަ ކަންހިނގިގޮތް ޚާއްޞަކޮށް ފެންކުންފުނީގަ އަލިފާން ރޯކޮށްލިކަން އެނގުނު ހިސާބުން ކަންކުރިގޮތް ތިވިދާޅުވީ ހަމަ ރަނގަޅަށް ހިސްޓޯ އަދި އެއްވާހަކައެއް ރ. އަތޮޅު އުނގޫފާރު ހޮސްޕިޓަލުގެ އައު އިމާރާތް ހުޅުވިރޭ ފިސްތޯލައެއްގެ ވާހަކަ ނާޒިމުދެއްކި ރަށްޔިތުންނައް އެކަންވެސް ސާފުކޮށްލަދީބަލަ

  7. ކޮބާ ނޫމަޑި އަދި އައިލެންޑް އެކްސްޕަޓް މީހުނާ ގުޅިގެން ޕޮލިސް ފްލެޓް ތަކުން އެޅި ބައި. ރައްޔިތުންގެ ހައްގުގަ ބަހެއް ބުނެވޭނީ 361 ފުލުހުންނާ އެމީހުންގެ އާއިލާ އަށް ހައްގު ހޯދަދީފަ. ކަރަޕްޝަނެއް ނޫނޯ ބުނި އިރު ސަރުކާރުން އެ ޕްރޮޖެކްޓަށް ދިން 600 މިލިއަނުން ބޮޑި ބައެއް ވަނީ ރިޔާޒުއާއި މީނަގެ ޖީބުގަ. އެ އާއިލާތައް އެ ތަހަމައްލު ކުރަނީ ހާދަ ހިތްދަތި ދިރިއުޅުމެކޭ. ކޮންބަޔަކާ ހެދި. މި ދެމީހުނާ ހެދި.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button