ޚަބަރު

ޔޯގާ މައްސަލަ: މުއައްސަސާ އަޅުވެތިވެފައިވާ ކަމަށް ނިންމައި ފުލުހަކު ވަޒީފާއަށް ނިކުތުން ހުއްޓާލައިފި

ޖޫން މަހުގެ 21 ވަނަ ދުވަހު ރާއްޖެ އާއި އިންޑިއާ ސަރުކާރު ގުޅިގެން ގަލޮޅު ދަނޑުގައި ބޭއްވި ޔޯގާ ހަރަކާތް ބަޔަކު ހުއްޓުވި މައްސަލައިގެ ތަހުގީގުގައި ފުލުހުން އަމަލު ކުރަމުން ދަނީ ވެރިންނަށް އަޅުވެތިވެގެން ހަމައެއް ލަމައެއް ނެތިކަމަށް ނިންމައި، ފުލުހަކު ވަޒީފާއަށް ނުނިކުންނަން ނިންމައިފިއެވެ.

ޔޯގާ ހަމަނުޖެހުމާއި ގުޅުވައި ޖޫން މަހުގެ 23 ވަނަ ދުވަހު ޝެއިޚް އާދަމް ނިޝާން ހައްޔަރު ކުރާ ވީޑިއޯ ފޭސްބުކްގައި ހިއްސާކޮށް ފުލުހުންގެ ހިދުމަތުގައި 15 އަހަރު ވަންދެން މަސައްކަތް ކުރި ސާޖެންޓް މުހައްމަދު ޝިނާން ބުނީ މިހާ ބޮޑަށް އަޅުވެތިވެފައިވާ މުއައްސަސާއަކަށް އެދުވަހުން ފެށިގެން ވަޒީފާއަށް ނުނިކުންނަން އޭނާ ނިންމާފައިވާ ކަމުގައެވެ.

މިކަމާގުޅޭ އިތުރު މައުލޫމާތު ”ބޮންތި“ އާއި ހިއްސާކުރަމުން ޝިނާން ބުނީ އިންސާފާއި ހަމަހަމަ ކަމުގެ މަގުން ފުލުހުންގެ މުއައްސަސާ ބޮއްސުންލައި ވެރިން ބޭނުންވާ ކަންކަން ހާސިލް ކުރުމަށް ހިތުހުރިގައި ގޮތަކަށް އޯޑަރުތައް ދެމުން އަންނަ ކަމުގައެވެ. އެގޮތުން ޔޯގާ ހަމަނުޖެހުން ހިންގި ކަމަށް ބުނެ އިލްމުވެރިން ހިފާ ހައްޔަރު ކުރީ ސީދާ ފުލުހުންގެ އިސްވެރިންގެ ނުފޫޒުން ކަން އޭނާ ފާހަގަކުރިއެވެ. ހާއްސަކޮށް ޝެއިޚް ނިޝާން އާއި ޝެއިޚް ފަޟްލޫން ބިން މުހައްމަދު ހައްޔަރު ކުރީ އިންސާފުން ބޭރުން ކަަން ޝިނާން ހާމަކުރިއެވެ.

ޝިނާން ވަނީ އެ މައްސަލައިގައި އިލްމުވެރިން ފްރޭމް ކުރުމާއި ވަކި ސިޔާސީ ފިކުރަކަށް އެ މައްސަލަ ފުރޮޅަައިލަން ފުލުހުންގެ އިސް ވެރިން މަސައްކަތް ކުރާކަމަށް ވަރަށް ބޮޑަށް ތުހުމަތުކޮށްފައެވެ.

”ޑިއުޓީއަށް ނުނިކުންނަން ނިންމީ މި މީހުންގެ އިންސާފެއް ހަމައެއް ލަމައެއް ނެތީމަ. ލަދު ގަނޭ ޔުނިފޯމް އަޅައިގެން އާންމުންގެ ތެރޭގައި އުޅެން. ޝެއިޚުން ހިފާ ހައްޔަރު ކުރަނީ ކޮން ގަރީނާއަކަށް ބަލައިގެންތޯ؟“ ޝިނާން ވިދާޅުވިއެވެ.

އޭނާ ފާހަގަކުރިގޮތުގައި ގަލޮޅު ދަނޑަށް ވަދެގަނެ ޔޯގާގެ ބައިވެރިންނާ ކުރިމަތިލި މީހުންގެ ތަހުގީގަށް ވުރެ ބޮޑަށް ފުލުހުންގެ ފޯކަސް އޮތީ އެ މައްސަލައާއި ގުޅުވައި ހައްޔަރު ކުރި އިލްމުވެރިންނާއި ސިޔާސީ މީހުންގެ ތަހުގީގު ބާރަށް ހިންގުމަށެވެ.

ފުލުހުންނަށް ޕްރޮމޯޝަން ދިނުމާއި ހިފެހެއްޓުން ބިނާވެފައި އޮތީ ވެރިން ބުނާހާ ގޮތް ހަދާ ނިސްބަތުގެ މައްޗަށްކަން ބަޔާންކުރަމުން ޝިނާން ވިދާޅުވީ ޕްރޮމޯޝަން ބޭނުންވާނަމަ، ވެރިން ކުރާ ޣައިރުގާނޫނީ އަމުރެއް ނުވަތަ ވަކި ބަޔަކަށް މަންފާވާގޮތަށް ކުރާ އަމުރުތަކަށް ތަބާވާން ޖެހޭ ކަމުގައެވެ.

ޝިނާން އަކީ ފުލުހުންގެ ތެރޭގައި ސަރުކާރާއި ވަކި ސިޔާސީ ޝަހުސިއްޔަތެއް ނުވަތަ ފިކުރު ޕްރޮމޯޓް ކުރާ ފަރާތްތަކާ ދެކޮޅަށް ފާޅުގައި ބަސް ބުނާ ފުލުހެކެވެ. އެގޮތުން އެފަދަ އެއްޗެކޭ ބުނެގެން އޭނާގެ އަންހެނުން، ދަރިފުޅަށް ބަލިވި ދަނޑިވަޅާ ދިމާކޮށް ރާއްޖޭގެ ރަށެއްގެ ސްޓޭޝަނަކަށްވެސް މީގެ ކުރިން ވަނީ ފޮނުވާލާފައެވެ. އަދި އެންމެ ފަހުން ޓުއަރިސްޓް ފުލުހުންގެ ސެކްޝަނުން އޭނާ ކަސްޓޯޑިއަލް އަށް ބަދަލުކޮށްފައި ވަނީ ސަރުކާރާއި ދެކޮޅު ފިކުރު ގެންގުޅޭ މީހެއް ކަމަށް ކަނޑައަޅާފައެވެ.

”މަށަށް ވަރަށް އަނިޔާ ދީފި. ދެން މިކަން މި ނިމުނީ. އިރާދަ ކުރެއްވިއްޔާ ރިޒުގެއް ބަންދެއް ނުވާނެ. އެކަމަކު ދަށުވެގެނެއް ނޫޅޭނަން. މުއައްސަސާ އޮތީ ބޮއްސުންލާފަ.“ ޝިނާން ބުންޏެވެ.

ޝިނާންގެ އިތުރުންވެސް ޔޯގާ ހަރަކާތުގެ ހަމަނުޖެހުމާއި ގުޅިގެން ފުލުހުންގެ ތަހުގީގަށް ނުރަނގަޅު ނުފޫޒު ފޯރާފައިވާކަމަށް ފުލުހުންގެ ތެރެއިން ގަބޫލު ކުރެއެވެ.

 

37 Comments

    1. Molhu vaahaka nudhakkaa reethi gothuga vaki vee nama meehun balaagannaane! Ekam vazeefa ah faruvaa kuda koh, PSD in massala balan feshyma mi jehuny siyaasee kula! Mikahala siyaasee kula jehifa thibi meehun ge massala avahah balaa fiyavalhu alhan jehey!

  1. ބަގާވާތް ކުރިއިރު ދީނުގައި ނަހީ އާސްސައި އޮތް ކަމެއް ކުރިއިރު ކީއްވެތޯ ތިޔަ ވަޒީފާގައި މިހާ ދުވަހު ތިޔަ އުޅުއްވީ.. އަނެއްކައި އެކަމުގައި އުޅެވުނީތޯ ކޮންމެސް ވަރަކަށް

    1. ބަގާވާތެއް ނުކުރޭ މިގައުމައް އިންޑިއާ ސިފައިން އަރުވާ ނުވިތާކައް އިންޑިއާގެ ވަގު ވިޔަފާރި ވެރިންނައް މިގައުމުގެ އިގްތިސޯދުގެ ކޮންޓްރޯލް ވިއްކާލުމުން މިގައުމުސަލާމައި ކުރުމުގަ ފުލުހުންނާ ސިފައިން ބައިވެރިވީ ބަގާވާތެކޭ ބުނެވިދާނެ އަނގައެއް އޮތީމަ

    2. ވެރިން ޤާނޫނާ ޙިލާފަށް އަމުރު ކުރާކަމަށް ވާނަމަ ނޫނެކޭ ބުނަން ޖެހޭ. ނަޝީދު އަމިއްލަފުޅަށް އިސްތިއުފާ ދިނުމަކީ ބަޢާވަތް ތޯ؟

    3. ބަގާވަތަކީ ކަލޭމެންގެ ލަގޮނޑިޔަށް ހެރުނު ކަ އްޓެ އް. ތިޔަކުންދެން ނާރާނެ. އަނެ އްކާ ކަލޭމެންނަށް ނަހީވަނީ ހަމަ އެކަނި ބަގާވާތް ތަ؟ ދނ ލލލލލލ

    4. ވަޒީފާތަކުގައި އުޅުން މަޖުބޫރު ވާހާލަތު ހުރޭ.
      ޝިނާން އަށް ތިހައްވަރު ދެއްވީތީ ހަމްދުކުރަން.
      ސެލިއުޓް ޔޫ

    5. ކޮން ބާގާވާތެއް ކިޔާކަށް ލާދީނީ މީހެއް ތިޔަ އަންނިއަކީ… ވެރިކަން ކުރަން ނޭނގުނީމާ އޭރު ވެސް މީހުން ރުޅިއައީ…. އިސްތުއުފާދިނީ އަމިއްލައަށް

    6. baghaavaathuga 19 dhivehin shaheed kuri baagheen edhuvahu dhan jessinama miadhu mi balaa museebaatheh nujehunees. baagheen thah saleevah aruvaafa rajamu kuran vee adhives. varihama kithamme muskulhi vefa thibbas. mi gaumuga kuraahaa baghaavaaiy eh aailaa akun kuramun egenqdhanee haggu adhabu e aailaa hurihaa baagheennah nudheythee.

    7. ހުޅުޖަހާ އެތައް މިލިޔަން ބިލިޔަން ރުފިޔާގެ ގެއްލުން ދިން، ކާކު ބަގާވާތް ކުރީ، ތީ ކާކު ކޮންތާކުން ނިންމައިގެން އުޅޭ ނިންމުމެއް،

  2. އަދިކިރިޔާ ގެޓުވީ؟ ތިޔަތަން ތީ ފެށުނީއްސުރެ އޭރަކުއޮންނަ ސަރުކާރެއް ބޭނުންގޮތަކަށް ގެންގުޅޭ ތަނެއް. މިހާރު ކުއްލިޔަކަށް އިނގުންތީ އަޖާބެއް. މޮޅުގޮތެއް ފެނުނީ ކަންނޭގެ.

    1. އެކަކު މެރުނުމީހާ މުޅި އުމުރު މީހުން މަރަންވީ ނޫނީ ތައުބާވެ ހައްގު ލިބިގަންނަންވީ. ކޮންގޮތެއް މޮޅީ، މީ މިސާލެއް

  3. މިއި ޑިއުޓީ އަށް ފަރުވާ ކުޑަމުވައްޒަފެއް. ޔޯގާ އަކާ މީނާ ވަޒީފާ އަށް ނުކުތުމާ އެއްވެސް ގުޅުމެއް ނެތް. އޭގެ މާކުރިން ވަޒީފާ އަށް ފަރުވާ ކުޑަކުރާތީ އެއްވެސް ޑިޕާރޓްމަންޓަކުން މީނާ ބަލައި ނުގަނޭ. އެހެންވެ އަތޮޅުތެރެ އަށް ބަދަލު ކުރީވެސް. މީނާ އުޅުނީ ޓެކްނޮލޮޖީގައި އެންމެ ފުރަތަމަ . ފްރްންޓްލައިންގައި އުޅެން ޖެހުމުން ހިހޫތަނުން ކާން އުޅުނީ. މިދަނޑިވަޅާ ދިމާކޮށް ސްޓޭޓަސް ޖެހުމުން ދީނީ ތާކިހާ އަޅައިގެން ހުރުމުން އެވެރިން މީނާ ބަލައިގަނާނެކަމަށް ބަލައިގެން ޖެހި ސްޓަންޓެއް މިއީ. ވަރަށް ކެރަވަޅު މީހެއް މިއީ. ކުރިން އިނދެގެން އުޅުނު އަނބިގޮއްޔެ ވެސް ހިލޭ ފިރިހެނުންނާއެކު އުޅެމުން ދިޔައިރުވެސް ދައްޔޫސެއްހެން އަޅާ ނުލާ ހުރީ. އެންމެ ފަހުން އެމަންޖެ ވަރިވީ.

  4. ތީ ފިސާރި ދަރިއެއް
    މިހާރު މިގައުމު މިދާމަގުން ދަންޔާ އަތެއް ނުޖެހޭނެ މި ވެރިންނައް ވެރިކަން ލިބޭ ކޮންމެ ފަހަރަކު ދިވެހިންނާ މުޅިގައުމު އިދަޖައްސާލާނެ މިހާރު މިގައުމު މިދާމިސްރާބުންމިގައުމު އަތުނުޖެހޭނެ ކަމީ ޔަގީވާކަމެއް އަދިވެސް ދިވެހުންހޭނާރާނެ ގިނައީ އަމިއްލަ އެދުމައިގެން ތެޅޭ މީހުން ގައުމު ނެތަސް އޯކޭވާމީހުން އަދިވެސް މިގައުމުގާ ދިވެހިލޭހިނގާ ދިވެހިދަރިން އެބަތިބި މިކަންނިއްމާ މިގައުމު މިނިވަންކުރާނައް
    Insha Allah

  5. ސިނާނު އަހަންނަށް ފެނުނުދުވަހަކުން ސެލިއުޓް ނަގާނަން ސިނާނު ކިޔާކުދިންނަކީ ވަރައް ގަދަބަޔެއް ކަމޯން ސިނާނު

  6. ވެރިކަމައް އައްނަނީ ގާނޫން ތަކާ ޚިލާފު ނުވާގޮތައް ވެރި ކަން ކޮށްދޭން ހުވައެއްކޮށްގެން .ހެދިފައިވާ ޤާނޫންތަކާ ޚިލާފުވާ އިސްލާމްދީންގެ އަސްލުތަކާ ޚިލާފު ވާ ހިސާބުން ވެރިމީހާ ގެ ވެރިކަން ނިއްމައި އެވެރިޔަކު ވެރިކަމުން އަޒުލު ކުރަން ޖެހޭ ، މީއިސްލާމީ ގައުމެއް މިގައުމުގެ ކަރާމަތާ ރައްކައު ތެރިކަން ހިމާޔައްކުރާނީ މިގައުމުގެ ރައްޔިތުން ،ރައްޔިތުން ނިކުތީ ގާނޫނުއަސާސީ އާ އެއްގޮށްވާ ގޮތުގެ މަތިން ވެރިކަން ކޮށްދިނުމައް އެދި އަޑު އުފުލުމައް ނަމަވެސް ވެރިމީހާ ރައްޔިތުން ނާ ފޭސްކުރީ ބޮވުނު އެއްޗެއް ބޮވުނު ހާލުގައި ތިމައްނަގެ ނުލަފާކަމާ ޖާހިލުކަން ކުރިޔައް ނެރެ ރައްޔިތުންނައް ގައްދާރުވާން ނަމަވެސް ދިވެހި ސިފައިން ނާ ފުލުހުން ގާނޫން ތަކާ ޚިލާފު އަމުރުތަކައް ބޯނުލެނބުމުން އާޙިރުގައި ރައީސްމީހާއްޔައް ޖެހުނީ އަމިއްލަ ފުޅައް އިސްތިއުފާ ދެއްވާފަ ގެއައް ވަޑައިގަތުމައް މިއަކު ކޮން ބަޤާވާތެއް އޮވެގެން މިއުޅެނީ ،މިއަކު ނެއް ބަގާވަތެއް ވެރިޔަކު ވެރިކަމައް ކުފޫހަމަނުވީމަ އިސްތިއުފާ ދީފަ ގެއައް ދިޔައީ، ☝️🤣🤣🤣🤣🤣

      1. ބަގާވާތޭ ކިޔަން ލަދެއް ނުގަނޭބާ. ބަގާވާތެއް ނަމަ ފަހަރި އިމްރާނު މިނިސްޓަރަކަށް ހުރެވޭނެބާ. އަދީބު މިނިވަނެއް ގޮތަށް ހުރެވޭނެބާ. އެމްޑީޕީ އަކީ ހަސީލަތް ނުބައި ޖާހިލު ބައެއް

    1. މީހުންްގެ އެޓެންޝަން ހޯދަން މޮޅު ކަމެއް ތި ކޮއްލީ.. އެހެން ނޫނަސް ފުލުހުންނަކީ އެމީހުންގެ ޑިޔުޓީގަ އަންހެންކުދިންނާއި ފޮށުން ނޫންކަމެއް ކުރާބައެއް ނޫން..

  7. ތިޔައީ ގައުމުދެކެ ލޯބިވާ ދަރިން ޝިނާނަށް އައްސަރިބަހާސާބަސް ޝިނާންތިޔަނިންމީ ވަރަށްރަގަޅުނިންމުމެއް

  8. މިއި ޑިއުޓީ އަށް ފަރުވާ ކުޑަމުވައްޒަފެއް. ޔޯގާ އަކާ މީނާ ވަޒީފާ އަށް ނުކުތުމާ އެއްވެސް ގުޅުމެއް ނެތް. އޭގެ މާކުރިން ވަޒީފާ އަށް ފަރުވާ ކުޑަކުރާތީ އެއްވެސް ޑިޕާރޓްމަންޓަކުން މީނާ ބަލައި ނުގަނޭ. އެހެންވެ އަތޮޅުތެރެ އަށް ބަދަލު ކުރީވެސް. މީނާ އުޅުނީ ޓެކްނޮލޮޖީގައި އެންމެ ފުރަތަމަ . ފްރްންޓްލައިންގައި އުޅެން ޖެހުމުން ހިހޫތަނުން ކާން އުޅުނީ. މިދަނޑިވަޅާ ދިމާކޮށް ސްޓޭޓަސް ޖެހުމުން ދީނީ ތާކިހާ އަޅައިގެން ހުރުމުން އެވެރިން މީނާ ބަލައިގަނާނެކަމަށް ބަލައިގެން ޖެހި ސްޓަންޓެއް މިއީ. ވަރަށް ކެރަވަޅު މީހެއް މިއީ. ކުރިން އިނދެގެން އުޅުނު އަނބިގޮއްޔެ ވެސް ހިލޭ ފިރިހެނުންނާއެކު އުޅެމުން ދިޔައިރުވެސް ދައްޔޫސެއްހެން އަޅާ ނުލާ ހުރީ. އެންމެ ފަހުން އެމަންޖެ ވަރިވީ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button