ޚަބަރުސިޔާސީ

އިންޑިޔާއިން ބޭނުންވަނީ ރާއްޖޭގެ ވިޔަފާރި ކޮންޓްރޯލް ކުރަން: މުހައްމަދު އިސްމާއިލް

އިންޑިޔާއިން ބޭނުންވަނީ ރާއްޖޭގެ ޚާރިޖީ ސިޔާސަތާއި ރާއްޖޭގެ ވިޔަފާރިއާއި އަދި ރާއްޖޭގެ އަސްކަރިއްޔާ އިންޑިޔާގެ ބާރުގެ ދަށުގައި ބާއްވަން ކަމުގައި ހޯރަފުށި ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އިސްމާއިލް ވިދާޅުވެއްޖެއެވެ.

ޕީޕީއެމްގެ ހަރަކާތު ކޮމެޓީގެ ޗެއާރކަންވެސް ކުރައްވާ މުހައްމަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖޭގެ ޚާރިޖީ ސިޔާސަތާއި ރާއްޖޭގެ ވިޔަފާރިއާއި އަދި ރާއްޖޭގެ އަސްކަރިއްޔާ އިންޑިއާއަށް ކޮންޓްރޯލު ކުރެވިއްޖެނަމަ އެހެން އިތުރު ކަމެއް ނުކޮށް އިންޑިއާއަށް މުޅި ތަން ކޮންޓުރޯލު ކުރެވޭނެއެވެ.

މިފަދައިން ކަންތައް ވެއްޖެ ނަމަ ތަނުގެ ސިޔާދަތާއި ތަނުގެ މީހުންގެ މިނިވަންކަން އޮންނާނީ ނަމެއްގައި ކަމަށާއި މިކަންކަން މިހެން ވަމުންދާކަމުގެ ހެކިތައް މިހާރުވެސް ފެންނަމުން އެބަދާ ކަމުގައި މުހައްމަދު ވިދާޅުވިއެވެ.

މުހައްމަދުގެ ޓްވީޓުގައި ވަނީ ރާއްޖޭގެ ހާރިޖީ ސިޔާސަތަށްވެސް ފާޑު ވިދާޅުވެފައެވެ. ރާއްޖޭގެ ރައްޔިތުންނަށް ޕާކިސްތާނުގައި މިނިވަންކަމާއެކު ދަތުރުކުރެވެނީ އިންޑިޔާގެ ރުހުން ލިބިގެން ކަމަށއު އަދި، ޕާކިސްތާނުގެ އެހީއެއް ރާއްޖެއިން ބަލައިގަނެވެނީ ވެސް، ބައެއް ފަހަރު، މި ރުހުން އޮވެގެންކަމުގައި މުހައްމަދު ވިދާޅުވިއެވެ.

ރާއްޖެ އާއި ޗައިނާ އާއި ދެމެދު އޮންނަންޖެހެނީ ވެސް އިންޑިއާއިން އެދޭފަދަ ގުޅުމެއްކަމަށާއި އިންޑިއާ އާއި މެދު ރާއްޖޭގައި ފާޑު ކިޔައްޖެ ނަމަ، ސަރުކާރުގެ އިސްފަރާތުން، އެކިޔުނު ފާޑިކިޔުމަކަށް ސީދާ ރައްދު ނުދީ، ދައްކަނީ ޗައިނާގެ ވާހަކަން މުހައްމަދު ފާހަގަކުރެއްވިއެވެ.

މުހައްމަދު އިތުރަށް ވިދާޅުވީ ރާއްޖެ މިހާރު ވެފައި އޮތީ އިންޑިޔާއިން ޗައިނާގެ ގައިގާ ތަޅަން ގެންގުޅޭ ޗާބޫކަކަށް ކަމަށެވެ.

މުހައްމަދު މިފަދައިން ވިދާޅުވެފައި މިވަނީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަށް ގޮވާލާ ރައްޔިތުން އަޑު އުފުލަމުންދާ ދުވަސްވަރެއްގައެވެ.

One Comment

  1. ހެޑިންގ އަށް އިތުރު: ރާއްޖޭގެރައްޔަތުން ވެސް ކަމެއް ކުރާނަމަ އިންޑިޔާ އިން ހުއްދަ ނަގަންޖެހޭ ފަދަ އަޅުންނަށް ހަދައި އިނދަ ޖައްސާލަން ……… ދެރަކަމެއް

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button