ޚަބަރު

އިސްލާމްދީނުގެ ނަމުގައި އެއްޖިންސުން ގުޅުން ހިންގުން ހުއްދަކުރުމަށް ގޮވާލައިފި

ޓުވިޓާގައި އަހުމަދުގެ ކިޔާ މީހަކު، އިސްލާމްދީނުގެ ނަމުގައި އެއްޖިންސުން ގުޅުން ހިންގުން ހުއްދަކުރުމަށް ހިއްވަރުދޭ މޭރުމަކުން ވާހަކަދައްކަފިއެވެ.

އަހުމަދު ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ، އެއްޖިންސުން ގުޅުން ހިންގުމާއި ދެކޮޅު ހެދުން މުޖުތަމައުގައި އަށަގެންފައިވާލެއް ބޮޑުކަމުން، އިސްލާމްދީނުގައި އަމިއްލަ މަސްލަހަތާއި، އިސްލާމްދީނުގައި ޙުކުމެއް ކުރުމަށް ބޭނުންވާ ހެކީގެ މިންގަނޑު ހަނދާން ނެތިފައިވާ ކަމަށެވެ. އަދި ކަން މިހެން އޮތުމާއި އެކު، އެއްޖިންސުން ގުޅުން ހިންގާ މީހުނާއިމެދު ދެކޭ ދެކުން ބަދަލުކުރުމަށް އޭނާ ވަނީ ގޮވާލާފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި އޭނާއަކީ ވަރަށް ކުރީއްްސުރެ ދީނާ ހިލާފު މިފަދަ އެތައް ވާހަކަތަކެއް ދައްކަމުން އަންނަ މީހެކެވެ. އެގޮތުން މީގެ ދުވަސްތަކެއް ކުރިން އަންހެނުންގެ ހައްގުތައް ހިމާޔަތްކުރުމުގެ ނަމުގައި ބޭއްވުނު މުޒާހަރާއެއްގައި އޭނާ ވަނީ އިސްލާމީ ޝަރީއަތުގައި އޮންނަ ހައްދުޖެހުމުގެ ޙުކުމަށްވެސް ގޮންޖަހާފައެވެ.

އަހުމަދުގެ މި ޓްވީޓުތަކާއި، އިސްމާލް ދީނާ ފުށޫއަރާ އެހެނިހެން ވާހަކަތަށް ލިޔަމުން ގެންދަނީ އޭނާގެ ފޮޓޯ ޖަހާފައިވާ އަމިއްލަ އެކައުންޓުންނެވެ. އަދި މިއީ ދިވެހިރާއްޖޭގެ ގާނޫނު ތަކާއި ކަނޑައެޅިގެން ހިލާފު ޖިނާއީ ކުށަކަށް ވީނަމެސް، ފުލުހުން މިކަން ބަލަމުންދާކަމުގެ މައުލޫމާތެއް މިހާތަނަށް ލިބިފައެއް ނެތެވެ.

މިކަމާ ގުޅިގެން “ބޮންތި” އިން ގުޅުމަށް މަސައްކަތްކުރި ފުލުހުންގެ 03 މީޑިއާ އޮފިޝަލުންވެސް ފޯނަށް ޖަވާބެއް ނުދެއްވިއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި އިސްލާމްދީނަށް ފުރައްސާރަކޮށް ހަޖޫޖަހާ ގިނަ ފަރާތްތަތަކީ މިހާރު އަހުމަދު ފަދައިން، އަމިއްލަ ފޮޓޯ ޖަހައިގެން ފާޅުގައި އެކަން ކުރަމުންދާ ފަރާތްތަކެވެ. އެހެން ނަމަވެސް ފުލުހުންނަށް އެއްވެސް ވަރަކަށް މިކަން މައިތިރި ކުރެވިފައިނުވާއިރު، ފުލުހުންގެ ސަމާލުކަން ލިބޭ މިފަދަ ކޮންމެ ކޮންމެ މީހަކު އަތުވުމުގެ ކުރިން ރާއްޖެއިން ބޭރަށް ފުރައިގެން ދަނީއެވެ.

14 Comments

  1. ތިޔަކަލޭގެ ބުންޏަސް ޒިނޭ ކޮށްފިނަމަ ޒިނޭކުރި ދެމީހުންވެސް ހައްދު ޖަހަށްވާނެ އޭރުން ހަމަހަމަވާނީ

    1. ހަމަހަމަ ވާނެގޮތް ކަލެއަށްވުރެ ބޮޑަށް ދެނެވޮޑިގެން ވަނީ ކަލޭ ޚަލްޤު ކުރެއްވި މަތިވެރިވަންތަ މާތްރަސްކަލާނގެ. ވީމާ ކަލޭ ސައިޒުގައި ހުރުމަށް ނަސޭޙަތްތެރިވަން.

  2. މީ އިލްޔާސް ބުނާ ރަސޫލާ ސަލަވާތް ލެއްވިފަދަ ވެރިޔަކު ވެރިކަމު ހުރެގެން ކުރުވާ ކަންތައް ކަމާ ބެހޭ އިދާރާތަކުން މިކަމާ އަޅައެއްނުލާނެ. މީ ރާވައި ގެން ހިންގުވާ ބޮޑުވެގެންވާ ނުރައްކާތެރި ޖަރީމާ އެއް. ފާޅުގަ އެއްޖިންސުން ގުޅުން ހިންގަނީ ޒިނޭ ކުރަނީ ރާބޮނީ .މިހާރު މިގޮވަނީ މިކަންކަން ހުއްދަ ކުރަން .މިފަދަ ފާޙިޝް ޢަމަލްތަކާ ދެކޮޅަށް ވާހަކަ ދައްކާ މީހުން ކުޑަ ގޮޅީގަ. އިސްލާމީ ގައުމެއްގަ މިފަދަ ހިސާބަށް ކަންތައްދާނީ ވެރިކަމުގަ ތިބި ބައަކު މިކަމަށް ހިތްވަރުދޭތީ ، އިލްޔާސަށް ސަރުކާރުން ހުންނާނެ ގެއަކާ ދުއްވާނެ ކާރެއްދިނީމަ އެހުރީ އަނގަ ބަންދުވެފަ.ދެން އިލްޔާސް ބުނާނެ ތޯއްޗެ އެމީހަކު އުޅޭނެ ގޮތެއް އެނގޭނީ އެމީހަކަށޭ.

  3. Mihaaru migaumun thaahiru adeh eba iveytha thaahiru kameh eba feneytha,
    Hurihaa ves kamakee mihaaru mioiy sarukaaruge nukulhedhuntherikan, naagaabilu kanq gaumegge verikan kurumah kufoo hamanuvaa kan, mibaavathuge kankamah tharuheebu dheykan.

  4. Kankuraa dhemeehunahves hahdhujahaa
    Firihenmeehaa neyngeynama dhen magundhaa meehehge gaigaa hahdheh nujeheyne..
    Vaanuvaagathibe dheenaakhilaaf vaahakdhakaamerhunah islaameedhareeathun hukum koh ninmaa jehey

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button