ޚަބަރުސިޔާސީ

ފަސް ރަށެއްގައި އެއާޕޯޓު ހެދުމަށް އެމްޓީސީސީއާ ހަވާލުކޮށްފި

ރާއްޖޭގެ ފަސް ރަށެއްގައި އެއާޕޯޓު ހެދުމަށް އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.

އެގޮތުން ށ.ބިލެއްފަހި، ށ.މިލަންދޫ، ތ.ވިލުފުށި، ތ.ގުރައިދޫ އަދި ށ.ކޮމަންޑޫގައި އެއާޕޯޓު ތަރައްގީކުރުމަށް އެމްޓީސީސީއާ އެކު ވަނީ އެއްބަސްވުމުގައި ސޮއިކޮށްފައެވެ.

މިލަންދޫއާއި ކޮމަންޑޫ އެއާޕޯޓު ތަރައްގީ ކުރުމަށްޓަކައި ސާވޭ ކުރުމާއި، ޑިޒައިން އަދި އީއައިއޭ ހެދުމުގެ މަސައްކަތާއި، ބިލެތްފަހި އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއު އެމްޓީސީސީ ހަވާލުކޮށް، އިއްޔެ އެއްބަސްވުމުގައި ސޮއިކުރެއްވީ އިންފްރާސްޓްރަކްޗާ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އިބްރާހީމް ނަސީމެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ ހަސަން މުޣުނީ އެވެ. އަދި ވިލުފުށީ އެއާޕޯޓު ތަރައްގީކުރުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށް، އެއްބަސްވުމުގައި ސޮއިކުރެއްވީ އިންފްރާސްޓްރަކްޗާ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ހަސަން ރަޝީދެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ޗީފް ޕްރޮޖެކްޓް މެނޭޖްމަންޓް އޮފިސަރު އަހްމަދު ލަތީފެވެ.
ގުރައިދޫގެ އެއާޕޯޓު ތަރައްގީކުރުމަށްޓަކައި ސާވޭ ކުރުމާއި ޑިޒައިން އަދި އީއައިއޭ ހެދުމަށް އެމްޓީސީސީއާ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި އެއްބަސްވުމުގައި ސޮއިކުރެއްވީ އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ޗީފް ޕްރޮޖެކްޓް މެނޭޖްމަންޓް އޮފިސަރު އަހްމަދު ލަތީފެވެ.
އެ މަޝްރޫއުތަކުގެ އިތުރު ތަފްސީލް މިނިސްޓްރީން ހާމަ ނުކުރި ނަމަވެސް އެ ރަށްރަށުގައި އެއާޕޯޓު ހެދުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button