ޚަބަރު

އެއާޕޯޓުގެ ޗެކިން ސިސްޓަމަށް މައްސަލަ ދިމާވިތާ 3 ދުވަސް، ފްލައިޓްތައް ބޮޑު މަޅިއެއްގައި!

ބައިނަލްއަގުވާމީ ވައިގެ މައި ބަނދަރު ކަމުގައިވާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގެ ޗެކިން ސިސްޓަމަށް ދިމާވެފައިވާ މައްސަލަ 3 ދުވަސް ވީއިރުވެސް ހައްލު ނުކުރެވުމުގެ ސަބަބުން ފްލައިޓް އޮޕަރޭޝަނަށް ބޮޑު މަޅިއެއް އަރައިފިއެވެ.

ނަން ނުޖެހުމަށް ޝަރުތުކޮށް ”ބޮންތި“ އަށް މައުލޫމާތު ދިން ފަރާތުން ބުނީ އެކަމާ ގުޅިގެން ގިނަ ފްލައިޓްތައް ޑިލޭވަމުން އަންނަ ކަމުގައެވެ. އަދި އެކަމުގެ ފަތުރުވެރިން ބޮޑެތި ތަކުލީފުތަކެއް އުފުލަން ޖެހިފައިވާކަން އޭނާ ފާހަގަކުރިއެވެ.

އިންޓަނޭޝަނަލް ފްލައިޓްތަކުގެ ޗެކިން ހުއްޓި ފަތުރުވެރިންގެ ފުރުން ލަސްވެ އެއާލައިންތަކުން ވަރަށް ބޮޑަށް މައްސަލަ ޖައްސާފައިވެއެވެ. މިކަމާ ގުޅިގެން އެމްއޭސީއެލުން ބުނަނީ އެއީ ޓެކްނިކަލް މައްސަލައެއް ދިމާވެގެން ވީގޮތެއް ކަމުގައެވެ. އެކަމަކު އެއީ ކޮން މައްސަލައެއް ކަމެއް ތަފްސީލެއް ނުކުރެއެވެ.

އެމްއޭސީއެލްގެ ބައެއް މުވައްޒަފުން ބުނާގޮތުގައި މިހާރުގެ ވެރިންގެ ދޯދިޔާ ކަމުން އެތަކެއް ތަކުލީފެއް އެއާޕޯޓުގެ ހިދުމަތް ހޯދާ ފަރާތްތަކުން ވަނީ އުފުލާފައެވެ.

 

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button