ޚަބަރުސިޔާސީ

އެމްއޭސީއެލްގެ %80 ތަރައްގީއަކީ ރައީސް ޔާމީންގެެ ސަރުކާރުގެ މަސައްކަތް: އަމީން

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ ފުރިހަމަ އިންގިލާބީ ތަރައްގީގެ 80 އިންސައްތަ އަކީ ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމުގެ ސަރުކާރުން ފުރިހަމަ ކޮށްދެއްވި މަސައްކަތްކަމުގައި އެކުންފުނީގެ ކުރީގެ ބޯޑް ޑިރެކްޓަރ އަދި އައިލެންޑް އޭވިއޭޝަން (އައިއޭއެސްއެލް) ގެ ކުރީގެ އޮޕަރޭޝަން ޑިރެކްޓަރ ކެޕްޓަން މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ.

އަމީން މިހެން ވިދާޅުވެފައިވަނީ އައު ރަންވޭ ބުރާސްފަތި ދުވަހު ހުޅުވުމާއި ގުޅިގެން ތަހުނިޔާ ވިދާޅުވުމުގެ ގޮތުން ކުރެއްވި ޓްވީޓެއްގައެވެ. މި ޓްވީޓްގައި އަމީން ވިދާޅުވެފައިވަނީ އެންމެ ކުރިއަރާފައިވާ ނެވިގޭޝަނަލް ޓެކްނޮލޮޖީތައް ހިމެނޭ ކޯޑް- އެފް ރަންވޭ އަކީ ރައީސް ޔާމީންގެ ދައުރުގައި ތަރައްގީކޮށްފައިވާ އަދި އެމަނިކުފާނުގެ ދައުރުގައި އޮޕަރޭޓް ކުރެވިފައިވާ ރަންވޭއެއްކަމުގައެވެ.

އަމީން ވިދާޅުވީ 4 އަހަރަށް ފަހުގައި އަލުން ރަންވޭ ބޭނުންކުރެވެން ފަށައިފި ކަމަށެވެ.

އަމީންގެ މި ޓްވީޓްގައި 2018 ވަނަ އަހަރު ރައީސް ޔާމީން ހުޅުވައިދެއްވި އައު ރަންވޭ ހިމެނޭ ރައީސްއޮފީހުގެ އާޓިކަލެއް ހިމަނާފައިވެއެވެ.

އޭ 380 މަތިންދާބޯޓަށް ޖެއްސޭ ފެންވަރަށް ތަރައްގީ ކުރެވިފައިވާ ރަންވޭ ބުރާސްފަތި ދުވަހު ވަނީ އަލުން ބޭނުންކުރަން ފަށާފައެވެ. މި ރަންވޭ އަލުން ބޭނުން ކުރަން ފެށުމުން ވަރަށް ގިނަ ބައެއްގެ ތައުރީފް ރައީސް ޔާމީނަށް ލިބެމުން ދެއެވެ.

One Comment

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button