
ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ބޮޑެތި މަޝްރޫއުތަކަކީ ”ޑިޒާސްޓަރ“ އެއް ކަމަށް މޯލްޑިވިއަންގެ ކުރީގެ ބޯޑް ޑިރެކްޓަރ އަދި އައިލެންޑް އޭވިއޭޝަން (އައިއޭއެސްއެލް) ގެ ކުރީގެ އޮޕަރޭޝަން ޑިރެކްޓަރ ކެޕްޓަން މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ.
އަމީން ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފައިވަނީ ބޮޑު ކާރިސާއެއް ކުރިމަތިވުމުގެ ކުރިން ބައެއް ރިންގްސްތައް ޗޭނުތަކުން ހަލާކުވެގެންދާ ކަމަށެވެ. އަދި މިއީ ”ސްވިސް ޗީޒް މޮޑެލް“ އިން ސާބިތު ކުރެވިފައިވާ ތިއެރީއެއްކަމަށް އަމީން ވިދާޅުވެފައިވެއެވެ.
Some rings would be broken off the chains before any major catastrophic disaster – proven theory of the Swiss cheese model.
It's in our eyes today—Any major project of @ibusolih is a disaster!
— Mohamed Ameen (@ameen3d) December 5, 2022
މި ތިއަރީ އަމީން ކުރައްވާފައިވާ ޓްވީޓްގައި ގުޅުވާފައިވަނީ ރައީސް ސޯލިހު ކުރައްވާ ބޮޑެތި މަޝްރޫއުތަކަށެވެ. އެގޮތުން އަމީން ވިދާޅުވެފައިވަނީ ރައީސް ސޯލިހުގެ ބޮޑެތި މަޝްރޫއުތަކަކީ ”ޑިޒާސްޓަރ“ އެއް ކަމަށާއި، މިއީ ރައްޔިތުންގެ ލޯކުރިމަތިން ފެންނަން ހުރި ކަންކަން ކަމުގައެވެ.
މި ދުވަސް ކޮޅަކީ ތިލަމާލޭގޭ ބްރިޖުގެ މަސައްކަތް ކުރިއަށްދާ ދުވަސްކޮޅަކަށް ވެފައި އެ ބްރިޖްގެ މަޝްރޫއުގެ މަސައްކަތް ކުރަމުން ދިޔަ ކެރޭންގެ ބޫމް ފެއިލް ވެފައި ވާކަމަށް ޕްލޭނިންގ މިނިސްޓްރީން ވަނީ ބުނެފައެވެ.