ޚަބަރުސިޔާސީ

ޝަރުއީ ދާއިރާގެ މުވައްޒަފުންނަށް ސްޓެޕް އެލަވެންސް ނުދީ ފަސް އަހަރަށްފަހު އަލުންދެނީ!

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރާ ދިމާކޮށް ޝަރުއީ ދާއިރާގެ މުވައްޒަފުންނަށް ފަސް އަހަރުވަންދެން ނުދީ ހިފެހެއްޓި ސްޓެޕް އެލަވެންސް ދިނުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނިންމަވައިފިއެވެ.

ފާއިތުވި ފަސް އަހަރު ސްޓެޕް އެލަވެންސް ދިނުމަށް ފިނޭންސް މިނިސްޓްރީން ހުއްދަނުދީ ހިފަހެއްޓުމަށްފަހު އެ ހުއްދަ އިއްޔެ ދީފައިވަނީ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ކުރިމަތިވެވަޑައިގެންނެވި ނާކާމިޔާބަށްފަހު، ދެވަނަ ބުރު ކާމިޔާބުކުރެއްވުމަށް ދައުލަތުގެ ފައިސާ ބޭނުންކުރައްވައިގެން ކުރެވެން ހުރި ހުރިހާ ކަމެއް ކުރަން ސަރުކާރުން ނިންމުމާ ގުޅިގެންނެވެ.

ސްޓެޕް އެލަވެންސަކީ ދެ އަހަރުން އެއް އަހަރު ޝަރުޢީ ދާއިރާގެ މުވައްޒަފުންގެ މަސައްކަތުގެ ފެންވަރަށް ބަލައި ދެމުން އަންނަ މުސާރައިގެ ކުރިއެރުމެކެވެ.

ކުއްލި ގޮތަކަށް ރޭގައި ޑީޖޭއޭއިން ނެރު އިއުލާނެއްގައި ބުނެފައިވަނީ ސްޓެޕް އެލަވެންސް ދިނުމުގެ ހުއްދަ ފިނޭންސް މިނިސްޓްރީން މިހާރު ދީފި ކަމަށެވެ. އަދި އެލަވެންސް އޮކްޓޯބަރުން ފަށައިގެން ދިނުމަށް ހަމަޖައްސަންޖެހޭ އިދާރީ ކަންކަން ހަމަޖައްސަން ކޯޓުތަކަށް އަންގާފައިވާ ކަމަށެވެ.

ޝަރުއީ ދާއިރާގެ މުވައްޒަފުންނަށް އެންމެފަހުން ސްޓެޕް އެލަވެންސް ދީފައިވަނީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button