ޚަބަރުސިޔާސީ

އާރަށު މައްސަލަ: ހުކުމް ބާތިލް ކޮށް، ހައިކޯޓުން ރައީސް ޔާމީން މިނިވަންކޮށްފި

ވ.އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ މައްޗަށް ރިޝްވަތު ގަބޫލުކުރުމާއި މަނީ ލޯންޑަރިންގެ ކުށް ސާބިތުވާކަމަށް ނިންމައި، ކްރިމިނަލް ކޯޓުން އިއްވި 11 އަހަރުގެ ޖަލު ހުކުމް ހައިކޯޓުން ދާދި ދެންމެއަކު ބާތިލުކޮށްފިއެވެ.

ހައި ކޯޓުގެ ތިން ފަނޑިޔާރުންނަށް މިއަދު އިއްތިފާގުވެފައިވަނީ ދަށު ކޯޓުގެ ހުކުމުގައިވާ ގޮތުން ޝަރީއަތުގެ ކުރީގެ ހުށަހެޅުންތައް ހުށަހެޅުމާ ގުޅޭގޮތުން އަމަލުކުރީ ރަނގަޅަށް ނޫން ކަމުގައެވެ. އެކަމުގެ ސަބަބުން ރައީސް ޔާމީނަށް ލިބެންޖެހޭ ހައްގުތަކެއް ގެއްލިގެން ގޮސްފައިވާ ކަމަށްވެސް ހައިކޯޓުގެ ހުކުމުގައި ބަޔާންކޮށްފައި ވެއެވެ. ހުކުމުގައިވާގޮތުން ރައީސް ޔާމީންގެ ދިފާއީ ހެކިތައް ނަފީކުރަން ދައުލަތުން ހުށަހެޅި އާ ހެކިތައް ބަލައިގަތުމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުން ވެސް ގޯހެވެ. އެފަދަ ހެކިތައް ބަލައިގަތުމުގައި އިސްތިސްނާ ހާލަތްތަކަށް އަމަލުކުރަން ޖެހޭއިރު، އާރަށު މައްސަލާގައި ދަށު ކޯޓުން އަމަލުކުރީ ކޮންމެހެން އެކަން ކުރަންޖެހޭ އެކަށީގެންވާ ސަބަބެއް ބަޔާން ނުކޮށް ކަމަށް ހުކުމުގައި ބަޔާންކޮށްފައިވެއެވެ. އަދި އެ އެ ކަންކަމާ ގުޅޭގޮތުން ވާހަކަ ދައްކަން ރައީސް ޔާމީންގެ ވަކީލުންނަށް ފުރުސަތު ނުދޭ ކަންވެސް ފާހަގަކޮށްފައިވެއެވެ.

ތަހުގީގު މަރުހަލާގައި ރައީސް ޔާމީން ހަނު ހުންނެވި މައްސަލައަށް ރިއާޔަތްކޮށް ހައިކޯޓުގެ ހުކުމުގައި ވަނީ، އެކަމުގައި ގާނޫނީ ގޮތުން ގޯހެއް ނެތް ކަމުގައެވެ. އަދި ރައީސް ޔާމީންގެ މާލީ ބަޔާނުގައި އެމްއެމްޕީއާރުސީގެ ފައިސާގެ ވާހަކަ ހިމަނާފައި އޮތުމުން އެއީ ކުށްކޮށްގެން ހޯދާފައިވާ ފައިސާއެއް ކަން އެމަނިކުފާނަށް އެނގިވަޑައިގަންނަވާ ކަމަށް ދަށު ކޯޓުން ބެލީ ގާނޫނާ ހިލާފަށް ކަމަށް ހުކުމުގައިވެއެވެ. އަދި އެ މައްސަލާގައި ޝަރީއަތުގެ ކުރީގެ މަރުހަލާގައި އަމަލުކުރި ގޮތުން ހެކިތަކަށް ބަދަލު އައުމުގެ ފުރުސަތު އޮވެމެ، އެ މައްސަލަ އަލުން ބެލުމަށްޓަކައި ކްރިމިނަލް ކޯޓަށް ތަހުވީލުކުރީ ކަމަށް ހުކުމުގައިވެއެވެ.

މި މައްސަލަ ހައި ކޯޓުން ބެއްލެވީ ފަނޑިޔާރު ހުޒައިފާ މުހައްމަދާއި ފަނޑިޔާރު ހަސަން ޝަފީއުގެ އިތުރުން ފަނޑިޔާރު މުހައްމަދު ސަލީމެވެ. ބެންޗުގެ ރިޔާސަތުގައި އިންނެވީ ފަނޑިޔާރު ހުޒައިފާއެވެ.

އިތުރު ތަފްސީލް އަންނަނީ..

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button