ޚަބަރުސިޔާސީ

ރައީސް ނަޝީދު އެމްޑީޕީ އިން ބޭރުކޮށްލަނީ!

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރޫހު ކަމަށް އެޕާޓީގެ އާންމު މެންބަރުން ގަބޫލު ކުރާ މުހައްމަދު ނަޝީދު ޕާޓީއިން ބޭރުކުރުމަށް މަސައްކަތް ކޮށްފައިވާ ކަމުގެ ހެކި ހާމަވާ ޗެޓް ލޮގެއް ”ބޮންތި“ އަށް ލިބިއްޖެއެވެ.

އަމީނީ މަގު ހެދުމަށް ގަސްތައް ނަގާ މައްސަލައިގައި ނުރުހުން ފާޅުކުރައްވައި ރައީސް ނަޝީދު ވަނީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސް އެޕް ގްރޫޕުގައި ވާހަކަފުޅުދައްކަވާފައެވެ. އަދި އެ މައްސަލައިގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް އާއި ރައީސް ނަޝީދު ވަނީ މެސެޖުތަކެއް ފޮނުއްވާފައެވެ. އޭގެއިން ނަޝީދު ލިޔުއްވި މެސެޖެއްގައި ވާގޮތުން އެމަނިކުފާނު ފައްޔާޒު އާއި ޒުވާބު ކުރައްވަން ބޭނުންފުޅެއް ނުވެއެވެ.

”އެކަމަކު މިއީ ރައީސް ސޯލިހުގެ މަސައްކަތެއް. ރައީސް ސޯލިހު ބޭނުންވަނީ އަޅުގަނޑު ބޭރުކޮށްލަން. އަޅުގަނޑު ނިކަން ދުރަށް ގޮސް ބޭރުގަ މަޑުކޮށްލާނަން. ރައީސްގެ އިސްތިރާޖީ ޕްލޭނަކީ މާލެ ގަޑުބަޑު ކުރުން.“ ރައީސް ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ފާހަގަކުރެއްވި ގޮތުގައި ރައީސް ސޯލިހު ރައްޔިތުންގެ މަޖިލީހުގެ އަލިފުށީ ދާއިރާގެ އެމްޑީޕީގެ މެންބަރު މުހައްމަދު ރަޝީދު ހުސެއިން (ބިގޭ) މެދުވެރިކޮށް އެމަނިކުފާނު މަޖިލިސް ރައީސް ކަމުގެ މަގާމުން ބޭރުކުރަން ނޯ ކޮންފިޑެންސް ވޯޓަކަށް ދާން އުޅުއްވިއެވެ. އެކަމަކު ބިގޭއަށް އެކަން ނުކުރެވޭކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

”އަދި އެއްފަހަރު ބޭރުކޮށްލަން ހިފާލަބަލަ ވާގޮތެއް ބަލަން. ހާދަ ގުޅުމެއް ވެސް ގުޅިއޭ.“ ނަޝީދު ވިދާޅުވިއެވެ.

އެމްޑީޕީގެ ތެރޭގައި ރައީސް ސޯލިހާއި ރައީސް ނަޝީދުގެ ފެކްޝަނެއް އުފެދި މަގާމާއި، ޕްރޮޖެކްޓުތަކާއި، ބާރުގެ ބޭނުމަށް ގިނަ ބޭފުޅުން ވަނީ ނަޝީދު ދޫކުރައްވައި ރައީސް ސޯލިހާއި ބައިތު ހިއްޕަވާފައެވެ.

އެމްޑީޕީގެ އާންމުންގެ ގިނަ ބަޔަކު ދެކޭގޮތުގައި ރައީސް ސޯލިހުގެ ކޯލިޝަން ސަރުކާރަކީ ދައުރުގެ ވަހި ހިސާބަކުން ރައީސް ނަޝީދު އަށް ވެރިކަން ދޭން ޖެހޭގޮތަށް 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ދުވަސްވަރު މަޝްވަރާ ކުރެވިގެން އެކުލަވާލެވުނު ސަރުކާރެކެވެ.

12 Comments

  1. މިއަދު ރައީސް ނަޝީދު އެމްޑީޕީ އިން ބޭރުކޮށްލެވިދާނެ.އެކަމަކު މާދަމާ އޮތްކަން ހަނދާން ކޮށްގެން އެފަދަކަމެއް ކުރާނީ.މިއަދު ރައީސް މަގާމުގަ ހުންނެވި ބޭފުޅާއަށް އެމަގާމް ލިބިލެއްވީ ހަމަ ރައީސް ނަޝީދުގެ ސަބަބުން ކަން ދިވެހި އެންމެހާ ރައްޔިތުން ހެކިވާނެ…ކުރިޔަށްއޮތީ 2023

    1. މިގައްމުގަ އަދިވެސް އޮންނާނީ ރައިސް ނަސީދުގެ ފިކުރާ ރައިސް ޔާމިނުގެ ފިކުރު ދެފިކުރު އަދިވެސް ގިނަބަޔަކު ތާރީދު ކުރަނީ ރައިސް ނަސީދުއައް

  2. ރައީސް މައުމޫނު ޔާމީނުގެ އަތުގައިހިފައިގެން ނުކުމެ ވެރިކަންހޯދާދިނީމާ ޔާމީނު އެރީ މައުމޫނުގެ ކަރަށް ފައިން…. . މައުމޫނު އެއްލާލާފާ ނުކުމެ ކިހާބޮޑުމަންޒަރެއްދެއްކި . ގައިމު ޖަލްސާތަކުގަ ތޮއްޖައްސާފަ މީހުންއޮތް އިންތިޚާބުނިމުނުއިރު ޔާމީނަށް ވީގޮތް ތިޔަ އިބުރާހިމަށްވެސްވާނީ

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button