ޚަބަރުސިޔާސީ

އިގުރާރާ ހިލާފުވާތީ، ރައީސް ޔާމީނަށް ދީފައިވާ ލުއިތައް މުރާޖާކުރަނީ!

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގައި ކުށް ސާބިތުވެފައިވާކަމަށް ކަނޑައަޅައި، 11 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް އިންޒާރުދީފައިވަނިކޮށް، ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަންނަވަމުން ގެންދަވާތީ، އެމަނިކުފާނަށް ދީފައިވާ ލުއިތައް މުރާޖާ ކުރަމުން ގެންދާކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން ބުނެފި އެވެ.

މިވަގުތު ގެކޮޅުގައި ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާ ރައީސް ޔާމީންގެ ބަންދު ލުއިތަކުގެ އިގުރާރާއި ހިލާފުވެ، ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) ގެ ޖަލްސާތަކުގައި ބައިވެރިވެ ވާހަކަ ދައްކަވަމުން ގެންދަވާ މައްސަލަ ބެލުމަށް ކަރެކްޝަނުން ވަނީ ނިންމާފައެވެ.

މިކަމާ ގުޅިގެން ރައީސް ޔާމީނާއި ޕީއެންއެފްގެ މެންބަރުން އަންނަނީ ނުރުހުން ފާޅުކޮށް، ރައީސް ޑރ.މުހައްމަދު މުއިއްޒު އަށް ފާޑުކިޔަމުންނެވެ. އެކަމަކު ރައީސް މުއިއްޒު ވަނީ ރައީސް ޔާމީންގެ ޝަރީއަތަށް އެއްވެސް ނުފޫޒެއް ނުފޯރުވުމަށް ގޮވާލައްވައި، އެކަން އެމަގުން ކޮށްދެއްވާނެކަމަށް ވިދާޅުވެފައެވެ.

ރައީސް ޔާމީނާއި ރައީސް މުއިއްޒުއަށް ތާއީދުކުރާ މެންބަރުންގެ މެދުގައި ކޯޅުން ބޮޑުވެފައިވާއިރު، ސިޔާސީ ވާދަވެރިކަމުގައި ދެބައިމީހުން އަންނަނީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ގިނަ ގޮނޑިތަކެއް ނެގުމަށް މަސައްކަތް ކުރަމުންނެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button