ރިޕޯޓް

ތާރީހުގައިވެސް ދިވެހި މުދައްރިސުންނަށް މަލާާމާތް ކުރި ފުރަތަމަ ފަހަރު

ރާއްޖެއަކީ އަވަށްޓެރި އިންޑިއާ އާއި ގާތް ގުޅުންތަކެއް ބަދަހިކުރަމުން އަންނަ ގައުމެކެވެ. އެކި ފަހަރު އެކި ގޮތް ގޮތަށެވެ. އެކި ކަންކަމުގައެވެ. ބައެއް ފަހަރަށް އެކި ކަންކަމަށް ހައްލު ހޯދުމުގެ ނަމުގައެވެ. އަނެއްބައި ފަހަރަށް އެހީ ހޯދުމާއި ލޯނު ހޯދުމުގެ ނަމުގައެވެ. މިގޮތަށް ކަން ކުރުމާއި ގުޅިގެން ބައެއް މީހުންގެ ފާޑުކިޔުންތަށްވެސް ދަނީ ދުވަހަކަށްވުރެ ދުވަހެއް އިތުރުވަމުންނެވެ. އަނެއްކާވެސް ހަމަ މިފަދަ ފާޑުކިޔުންތަކެއްގެ އަޑު ގަދަވެގެން ދިޔައީ ގުރުއާނާއި އަރަބި މާއްދާ ކިޔަވައިދިނުމަށް ރާއްޖެއަށް އިންޑިއާ އިން ޓީޗަރުން ގެނައުމަށް ނިންމުމުގެ ސަބަބުނެވެ.

ރާއްޖެއަކީ ތައުލީމަށް ލޯބި ކުރާ ބަޔަކު ދިރިއުޅޭ ގައުމެކެވެ. ވަކިން ހާއްސަކޮށް ގުރުއާނަކީ ދިވެހިން ހާއްސަ ސަމާލުކަމެއް ދީގެން ކިޔަވާ މާއްދާއެކެވެ. ކުދިންނަށް ދެ ނަމާދު ދޭތެރޭގައި ގުރުއާން ކިޔަވައިދިނުމަކީ އެންމެ ކުރިންސުރެ ވެސް ރާއްޖޭގައި އޮންނަ އާދައެކެވެ. އެކަން ވަނީ ދިވެހިންގެ ސަގާފަތަކަށްވެފައެވެ. މިކަން މިގޮތަށް އޮތްއިރު، ރާއްޖޭގައި ގުރުއާން ކިޔަވައިދޭ މުދައްރިސުންވެސް މަދެއް ނޫނެވެ. އެކަން ހާމަވެގެންދަނީ އުމުރުން އެންމެ 18 އަހަރުން ފެށިގެން ވެސް ގުރުއާން ކިޔަވައިދޭ ކުދިން ގިނަވަމުންދާތީއެވެ. ގުރުއާނުގެ އިލްމުން ކުރިއަށްދާން ބޭނުންވާ އެތައް ކުދިންނެއް ތިއްބާ ގައުމުގައި ގުރުއާން މުދައްރިސުން މަދުވާނެ ހެއްޔެވެ. ގުރުއާނުގެ އިލްމަކީ، މާއްދާއަކަށް ވުރެ ބޮޑަށް ދީނާއި އަގީދާ އާއި ގުޅިފައިވާ މާތް އެއްޗެކެވެ. ނަމަވެސް އެކަމެއް ވެރިންނަކަށް ނޭގުނެވެ. ނުފެނުނެވެ. ނުވަތަ ނޭނގޭކަމަށް ހަދަނީއެވެ.

ރާއްޖޭގައި މުދައްރިސުންގެ ގޮތުގައި ގިނަ ބަޔަކު ހަރަކާތްތެރި ވާއިރު، ގުރުއާން މާއްދާ ކިޔަވައިދިނުމަށް ބޭރުން މީހުން ގެނައުމަކީ ބަލައިގަނެވޭނެ ކަމެއް ނޫނެވެ. މުދައްރިސުންނަށް ލިބެން ހުރި ފުރުސަތުތައް ގެއްލިގެންދާނެ ކަމެއްގެ ގޮތުގައި ސަރުކާރުގެ މި ނިންމުން ގިނަ ބަޔަކު ދަނީ ސަފަކުރަމުންނެވެ.

”ރާއްޖެ އަކީ ކުޑަ ގައުމެއް. އެކަމަކު ރާއްޖޭގައި ދިވެހިންނަށްވުރެ ބޭރު މީހުން މަސައްކަތް ކުރޭ. ދިވެހިންނަށް ރަނގަޅަށް ކުރަން އިނގޭ ކަންކަމަށް ވެސް ގެންނަނީ ބޭރު މީހުން. އަދި ގުރުއާން ކިޔަވަދޭ މީހުން ބޭރުން ގެނައުމަކީ އެއްވެސް ގޮތަކަށް ސެންސް މޭކު ކުރާ ކަމެއް ނޫން. އެވެސް އިންޑިއާ އިން. ރާއްޖޭގައި ގުރުއާން ކިޔަވައިދެވޭ ވަރުގެ ގާބިލު ޓީޗަރުން އުޅޭ. މީ އަސްލު ހަގީގަތަކީ. އަދި ބަޔަކު ކޮންމެ ގޮތަކަށް ކަންތަށް ކުރިއަސް. އަސްލު ދެރަ ކަމެއް ކޮންމެ ބަޔަކު ކުރިއަސް.“ ބެލެނިވެރިއެއް.

އިންޑިއާއިން ގުރުއާން ކިޔަވައިދޭ މީހުން ގެންނަން ނިންމީ ދިވެހި މުދައްރިސުން ނުލިބިގެން ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ. ނަމަވެސް ދިވެހި މުދައްރިސުންވަނީ އެކަމަށް ރައްދު ދީފައެވެ. އެގޮތުން ދިވެހި މުދައްރިސުން ބުނާގޮތުގައި އެކަށީގެންވާ މުސާރަ ދޭނަމަ ގުރުއާން ކިޔަވައިދޭ ދިވެހި މުދައްރިސުން މަދެއް ނުވާނެއެވެ. މިހާރުވެސް އެކަށީގެންވާ މުސާރަ ނުލިބޭ ކަމަށާއި، ހާއްސަކޮށް ބޭރު މުދައްރިސުންނާއި ދިވެހި މުދައްރިސުންނާއި މެދު ތަފާތުކުރުންތަށް ގެންގުޅޭ ކަމަށެވެ. އަދި ދިވެހި މުދައްރިސުން ނުލިބޭ މައިގަނޑު ސަބަބަކީ ވެސް އައީ ކަމަށް ދިވެހި މުދައްރިސުން ފާހަގަކުރެއެވެ. އެމީހުން ބުނާގޮތުގައި ރާއްޖޭގައި ދިވެހި މުދައްރިސުންނަށްވުރެ ރަނގަޅަށް ގުރުއާން ކިޔަވައިދެވޭނެ ބަޔަކު ނުތިބޭނެއެވެ. ހާއްސަކޮށް ދިވެހިންނަކީ އެންމެ ކުޑައިރުން ފެށިގެން ވެސް ގުރުއާނުގެ މަހުރަޖުތަށް ހިފަހައްޓައިގެން ގުރުއާން ކިޔެވުމަށް ލޯބިކުރާ އަދި ބާރު އަޅާ ބަޔަކަށް ވާތީއެވެ. އެހެން ކަމުން އިންޑިއާއިން ބަޔަކު ގުރުއާން ކިޔަވައިދޭން ރާއްޖެ ގެނެއަމަކީ މަހުރަޖުން ކިޔަވައިދިނުމަށް ވެސް ހުރަހަކަށް ވެގެންދާނެ ކަމެއް ކަމަށް ގިނަ މީހުން ގަބޫލުކުރެއެވެ.

”ގުރުއާނަކީ ކޮންމެ ކޮންމެ ކަހަލަ އެއްޗެއް ނޫން. އެހެން ނޫނަސް ދިވެހިންނަށް ވަރަށް ހާއްސަ. އަގީދާ އާއި ގުޅިފައި ވާތީ. އެކަމަކު އިންޑިއާއިން ބަޔަކު ގެނެސްގެން މިކަމާއި އުޅެއްޖެނަމަ ހުރިހާ ގޮތަކުންވެސް މައްސަލަ ޖެހޭނެ. ހުރަސްތަކެއް ކުރިމަތިވާނެ. ޅަ ދަރިންނަށް އުނދަގޫ އަދި ނުރަނގަޅު ގޮތަކަށް ގުރުއާން ކިޔަވައިދޭކަށް އެކަކުވެސް ބޭނުމެއް ނުވާނެ.“ ބެލެނިވެރިއެއް

ކޮންމެ ގޮތަކަށް ބެލި ނަމަވެސް ސަރުކާރުގެ މި ނިންމުމަކީ ތައުލީމަށް ގަދަ އަޅައި މަސައްކަތް ކުރާ ދިވެހިން ހިތުގައި ޖެއްސުމެވެ. ގިނަ ފަރާތްތަކަކުން ސިފަކުރަނީ ވެސް ހަމަ އެގޮތަށެވެ. އަދި ގިނަ ބަޔަކު ގަބޫލު ކުރާ ގޮތުގައި ސަރުކާރުގެ މި ނިންމުމަކީ ދިވެހި މުދައްރިސުންނަށް ހުރިހާ ގޮތަކުން ވެސް ކުރެވޭ ސީދާ މަލާމާތެކެވެ.

10 Comments

  1. ބަލަ އިންޑިއާގެ މުސްލިމް ޓީޗަރުންނޭ ޤުރުއާނާ ޢަރަބި ކިޔަވައިދޭން ގެނައީ. އިޢުލާނުކޮށް ކޮށް ޝަރުޠު ހަމަވާ މީހުން ނުލިބިގެން ރިލީފް ޓީޗަރުން ނަގައިގެން ކުލާހަށް ވެއްދީމަ ކުދިންނަށް ވާ ގެއްލުން މާ ބޮޑު. ދެކޮޅު ބަލާފަ ޚަބަރު ލިޔެބަލަ. ފިތުނަ އުފެއްދުން ނޫންކަމެއް ކޮށްބަލަ

    1. ބަލަަ އަހަރުމެންް ކިޔަވައިގެންް ޤުރުއާންް ޓީޗަރަކަށްް ވަންް ތަނާާ އަހަރެންް ބަހައްޓާފަަ އެެ ބޭރުު މީހާާ ކިޔަވަދޭންގެންދިޔައީ

      1. ޢި އު ލާ ނެއް ނު ކުރޭ . ޤުރުއާން އަކީ،ތަޖުވީދުގެ ހަމަ ތަކުން ކިޔަވަން ޖެހޭ އެެއްޗެއް .ބޭ ނުންހާ ގޮތަކަށް ނުކިޔެވޭނެ. سبحان الله

  2. ވަރަށް ހެއްވާ. ޤުރުއާން މުދައްރިސަކަށް ދެވޭކަށް ނެތޯ ބިދޭސީންނަށް ދޭވަރަށް ނުދީގެން. އެހެން މާއްދާތައް ކިޔަވައިދޭ ދިވެހިންނަށް ވެސް ލިބެނީ ބިދޭސީންނަށް ލިބޭ ވަރަކަށް ނޫނޭ. އެކަމަކު އެމީހުން އެތިބީނު ޓީޗަރުންނަށް. ވާގޮތަކީ ޤުރުއާން ކޯސް ހަދައިގެން ގޭގައި ތިބެގެން ކިޔަވައިދީ ގިނައިން ލާރި ހޯދަންވެގެން އުޅެނީ. އަޅެ ކީއްތަވާނީ ހިލޭ ސާބަހަށް ކިޔަވައިދިނިއްޔާ.

    1. ސަރުކާރުން ހިލޭ ޑިގްރީ ހެދި އެންމެނަށް ސަރުކާރު ސްކޫލް ތަކުްން ވަޒީފާ ހަމަޖައްސަވާ. ޤުރުއާން ޓީޗަރުން ވީމަ ނުކައި ނުބޮއި ، ދަރިންނަށް ކިޔަވާ ނުދީ ހިލޭ ސާބަހަށް ކިޔަވައިދެވޭނެތޯ. ހިލޭސާބަހަށް ކިޔަވައި ދެވޭނީ އެފަދަ މީހުންނަށް ހުރިހާ ޚިދުމަތެއް ހިލޭވާނަމަތާ . ހުޅުވިފައިވާ ސިކުނޑިއަކުން ދިވެހިން ވިސްނާނީ ކޮންދުވަހަކުންބާ؟

  3. ގައުމު އޮތީ ދަރަނި ވެރި ވެފަ. ޢަދިވެސް ލާރި ލާރި ލާރި.. މިހަަރުވެސް ޓީޗަރަކަށް ބޭސިކް މުސާރަޔަކަށް ދިހަވަރަކަށް ހާސް އެބަ ދޭ. ވިހި ތހިރީސް ހާސްރުފިޔާ ދީގެނެއް ނޫން ދޯ މިކަން ކުރެވެން ވާނީ އެއް… ކީކޭ ދެން ބުނާނީ.. ކޮންމެ ކަމެއްވެސް އޮތީ ލާރި ލާރި ކިޔައިގެން.. ކިޔަވައިދެމުން އެހެން އަމިއްލަ ކަންކަން ކޮށްގެނޭ ދުނިޔޭގަ އުޅެވޭނީ..

Leave a Reply

Your email address will not be published. Required fields are marked *

Back to top button