ޚަބަރުސިޔާސީ

މަޖިލިސް މެޖޯރިޓީ ޕީއެންސީއަށް!

މިއަދު ކުރިއަށް ދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ މެޖޯރިޓީ ސަރުކާރު ހިންގާ މައި ޕާޓީ ކަމުގައިވާ ޕީއެންސީން ކާމިޔާބު ކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ 93 ދާއިރާއަށް މެންބަރުން ހޮވަން މިއަދު ބޭއްވި އިންތިހާބުގައި ދެ ލައްކައަށް ވުރެ ގިނަ މީހުން ވަނީ ވޯޓުލާފައިވާއިރު ޖުމުލަ 90 ދާއިރާއަކަށް ޕީއެންސީގެ ކެންޑިޑޭޓުން ވާދަކޮށް، 68 ގޮނޑި ވަނީ ކާމިޔާބުކޮށްފައެވެ. އިދިކޮޅު އެމްޑީޕީން 89 ދާއިރާއަކަށް ވާދަކުރިއިރު، އަމިއްލަ 130 ކެންޑިޑޭޓުންނާއި، ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ 10 ކެންޑިޑޭޓުންްގެ އިތުރުން ދަ ޑިމޮކްރެޓްސްގެ 39 ކެންޑިޑޭޓުން އިންތިހާބުގައި ވާދަކުރިއެވެ.

ޕީއެންސީން 68 ގޮނޑި ކާމިޔާބު ކުރިއިރު އެއީ، މަޖިލީހުގެ ގާތްގަނޑަކަށް ތިންބައިކުޅަ ދެބައެވެ. އަދި ޕާޓީގެ ޓިކެޓު ނުލައި އަމިއްލަ ގޮތުންނާއި ސަރުކާރު ކޯލިޝަންގައި ހިމެނޭ އެމްއެންޕީއާއި އެމްޑީއޭގެ ޓިކެޓުގައި ވެސް ސަރުކާރުގެ ކެންޑިޑޭޓުން ވާދަކުރައްވައިގެން ޕީއެންސީން 75 ގޮނޑި ކޮންޓްރޯލް ކުރާނެ ކަމަށް ބެލެވޭ އެވެ.

މިފަހަރު އެމްޑީޕީއަށް ލިބުނީ 10 ގޮނޑި އެވެ. އަމިއްލަގޮތުން ވާދަކުރި 11 ދާއިރާއެއްގެ ގޮނޑިއަށް ވެސް ގިނައިން އިންތިހާބުވީ ސަރުކާރުގެ ވިސްނުމުގެ ކެންޑިޑޭޓުންނެވެ.

އިތުރު ތަފްސީލް އަންނަނީ..

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button