ޚަބަރުސިޔާސީ

މަޖިލިސް ހިންގުމަށް 187 މިލިއަން ރުފިޔާ ހަރަދުވާނެ: ފާއިޒް މުހައްްމަދު

އަންނަ އަހަރުގެ މަޖިލިސް ހިންގުމަށް 187 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހެޑް އޮފް އެޑްމިނިސްޓްރޭޝަންސް އަހުމަދު ފާއިޒް އަންނަ އަހަރަށް ލަފާކުރާ މަޖިލީހުގެ އާއްމު ކޮމިޓީގެ ބައްދަލުވުމުގައި ވިދާޅުވެއްޖެއެވެ.

އޭނާ ވިދާޅުވި ގޮތުގައި 3.6 މިލިއަނެއްހާ ރުފިޔާ އަންނަ އަހަރުގެ ބަޖެޓަށް އިތުރުކުރަން ޖެހެނީ މަޖިލީހުގެ 20 ވަނަ ދައުރުގައި މެންބަރުންގެ އަދަދު އިތުރުވާތީވެއެވެ.

އާއްމު އުސޫލުގެ ދަށުން މަޖިލީހުގެ ބަޖެޓު އެކުލަވާލުމަށް ފަހު ފިނޭންސް މިނިސްޓްރީގެ މަޝްވަރާއަށް ހުށަހަޅަނީ ކޮމިޓީގެ މަޝްވަރާ ހޯދުމަށް ފަހުގައެވެ. އެހެންނަމަވެސް، ކޮމިޓީ އެކުލަވާލުން މި ދައުރުގައި ލަސްވެފައިވުމުގެ ސަބަބުން ބަޖެޓު އެކުލަވާލަން ޖެހޭ މުއްދަތު ފަހަނައަޅަމުންދާތީ އެ އިދާރާއިން މިހާރު ފިނޭންސަށް ބަޖެޓު ހުށަހަޅާފައިވާ ކަމަށް ފާއިޒް ވިދާޅުވިއެވެ.

އެގޮތުން، އާއްމު ކޮމިޓީއަށް މިހާރު ހުށަހަޅާފައިވަނީ ފިނޭންސް މިނިސްޓްރީގެ މަޝްވަރާއާއެކު އެކުލަވާލާފައިވާ ބަޖެޓެކެވެ.

ރައްޔިތުންގެ މަޖިލީހުގައި މިހާރު 87 މެމްބަރުން ތިބިއިރު، މި ފެށޭ ދައުރުގައި ހަ ގޮނޑި އިތުރުކޮށް 93 މެމްބަރުން ތިބޭނެ އެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button