ޚަބަރުސިޔާސީ

މިހާރުގެ ހެލްތް މިނިސްޓަރު ހޮސްޕިޓަލްތަކާއި ހެލްތް ސެންޓަރުތަކަށް ބޭނުންވާ ތަކެތި އޯޑަރކޮށްފައިނެތް: އިންތިޤާލީ ތަރުޖަމާނު

ހޮސްޕިޓަލްތަކާއި ހެލްތް ސެންޓަރުތަކަށް ބޭނުންވާ ތަކެތި މި އަހަރުގެ މިހާތަނަށް އައިއިރުގައި ހެލްތް މިނިސްޓްރީން އޯޑަރުކޮށްފައި ނުވާކަމަށް އިންތިގާލީ މަރުހަލާގެ ތަރުޖަމާނު މުހައްމަދު ފިރުޒުލް ވިދާޅުވެއްޖެއެވެ.

ހެލްތު މިނިސްޓްރީއަށް އިންތިޤާލީ މަރުހަލާގައި ސަރުކާރުގެ މުއައްސަސާތަކުން މަސައްކަތްކުރިއަށް ދާގޮތް ބެލުމަށްޓަކައި އެކިމިޓީއުން ކުރި ޒިޔާރަތުގައި ނޫސްވެރިންނަށް މައުލޫމާތު ދެމުން ފިރުޒުލް މިހެން ވިދާޅުވެފައިވެއެވެ.

ސިއްހީ ދާއިރާއާ ގުޅޭގޮތުން ކުރެވިފައިވާ ހުރި މަސައްކަތްތަކުގެ ތެރެއިން ފާހަގަވެފައި ހުރި، ކަންބޮޑުވާން ޖެހޭ ދެތިން ކަމެއް އެބަ ހުރި ކަމަށް ފިރުޒުން ވިދާޅުވެފައިވެއެވެ.

އެގޮތުން، ސިއްހީ ދާއިރާގެ މަސައްކަތްތައް ބައްޓަންވެގެން ހެލްތު މިނިސްޓްރީން މަސައްކަތް ކުރަމުން ދެންދާ ގޮތަށް ބަލާއިރު، ސިއްހީ ހިދުމަތް ފޯރުކޮށްދޭ ތަންތަނުގައި ބޭނުންކުރާ އެކިއެކި އިންޖެކްޝަން ފަދަ ތަކެތީގެ ސްޓޮކް ނެތްކަން ފާހަގަ ކުރެވިފައިކަމަށާއި ކޮންމެ އަހަރަކު ދެ ފަހަރު އާއްމު ގޮތެއްގައި އެފަދަ މުދަލަށް އޯޑަރު ކުރާން ެނަމަވެސް މި އަހަރުގެ މިހާތަނަށް އައި އިރުވެސް މި އަހަރުގެ ދެވަނަ ހަ މަސް ދުވަހަށް ބޭނުންވާ ސާމާނަށް ހެލްތު މިނިސްޓްރީން އޯޑަރު ކޮށްފައއެއް ނުވާކަމަށް ތަރުޖަމާނު ވިދާޅުވެފައިވެއެވެ.

އަދި މިކަމުގެ ސަބަބުން މިހާރުވެސް ހޮސްޕިޓަލްތަކާއި ހެލްތު ސެންޓަރުތަކުގައި ހިދުމަތްތައް ހުއްޓުމަކަށް އަންނަމުން ދާކަން ފާހަގަ ކުރެވިފައިވާކަމަށްވެސް ވިދާޅުވެފައިވެއެވެ.

މީގެ އިތުރުން ތަރުޖަމާނު ވިދާޅުވެފައިވަނީ، މި ހާލަތު މިގޮތަށް ދެމިގެން ދާ ނަމަ، ނޮވެމްބަރު މަހާ ހަމަޔަށް ދާއިރު ނުވަތަ ނޮވެމްބަރު މަހުގެ މެދަކަށް އަންނައިރު އެ ހޮސްޕިޓަލްތަކާއި ހެލްތު ސެންޓަރުތަކުން ދެމުން ގެންދާ ވަރަށް ގިނަ ހިދުމަތްތައް އެކީ ހުއްޓުމަށް އައުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.

މިގޮތުން، ހޮސްޕިޓަލުން ފޯރުކޮށްދޭ ހިދުމަތްތަކާއި ލެބޯޓްރީތަކުން ދޭ ހިދުމަތްތައްވެސް ހިމެނޭ ކަމަށް ތަރުޖަމާނު ވިދާޅުވިއެވެ.

އެމަޖެންސީ ސްޓޮކްގެ ތެރެއިން ލިބެންހުރި ވަސީލަތްތަކުގެ ބޭނުން ހިފައިގެން މިހާރު ހޮސްޕިޓަލްތަކުންނާއި ހެލްތު ސެންޓަރުތަކުން މެނޭޖް ކުރަމުން އަންނަ ކަމަށާއި، ބޭނުންވާ ވަރަށް ތަކެތި އޯޑަރު ކުރެވިފައި ނުވަނީ، ބަޖެޓްގެ ތެރެއިން ހަމަޖެހެން ޖެހޭ ފައިސާ ހަމަނުޖެހި ހުރުމުގެ ސަބަބުން ކަމަށްވެސް ފިރުޒުލް ވިދާޅުވެފައިވެއެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button