ޚަބަރުސިޔާސީ

ދިވެހި ސިފައިން ޑްރޯންގެ އެހީގައި ރާއްޖޭގެ ސަރަހައްދު މާދަމާ ބަލަހައްޓަން ފެށުމަށް ހާއްސަ ރަސްމިއްޔާތެއް އޮންނާނެ!

ތުރުކީން ގަތް ދެ ޑްރޯންގެ އެހީގައި ރާއްޖޭގެ އިގުތިސާދީ ސަރަހައްދު ބެލެހެއްޓުމުގެ މަސައްކަތް މާދަމާ ރަސްމީކޮށް އިފުތިތާހުކުރަން ސަރުކާރުން ނިންމައިފި އެވެ.

އެކަމަށް ހާއްސަކޮށް ބޭއްވުމަށް ހަމަޖެހިފައިވާ ރަސްމިއްޔާތު އޮންނާނީ ނ. މާފަރުގަ އެވެ.

ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލުމަށް މި ސަރުކާރުން ތުރުކީއާ އެކު ހެދި އެއްބަސްވުމެއްގެ ދަށުން ގެނެސްފައިވަނީ އެ ގައުމުން އުފައްދާފައިވާ ”ބައިރަކްތާރު ޓީބީ2“ ގެ ދެ ޑްރޯން އެވެ. މިއީ 27 ގަޑިއިރަށް ވުރެ ގިނަ އިރު 25،000 އަށް ވުރެ ގިނަ ފޫޓު މަތިން އުދުއްސޭ އުޅަނދެކެވެ.

ހަ މީޓަރު ދިގު، ފިޔަގަނޑުގައި 12 މީޓަރު ހުންނަ މި އުޅަނދުގައި 700 ކިލޯ ހުންނައިރު، 300 ކިލޯމީޓަރުގެ ރޭންޖެއްގައި މި ޑްރޯން އާ މުއާމަލާތް ކުރެވޭނެއެވެ. އަދި 120 ނޮޓާ ހަމައަށް މި ޑްރޯންގެ ދުވެލި އަރާނެއެވެ. މިޑްރޯން އުފެއްދި ތުރުކީގެ ޑްރޯން ކުންފުނި ކަމުގައިވާ ބައިކާރުން ގިނަ ގައުމުތަކަށް ސަޕްލައިކޮށްފައިވާ ޑްރޯންގައި ލޭޒާ ގައިޑަޑް މިސައިލް ހަރުކުރުމުގެ ގާބިލުކަން ހުންނައިރު، މި ޑްރޯނަށްވެސް 150 ކިލޯގެ ބަރުދަން އުފުއްލޭނެއެވެ.

ތުރުކީއިން މިކަމުގެ ހާއްސަ ތަމްރީން ދިވެހި ސިފައިން ހަދާފައިވާއިރު، މި ޑްރޯންތައް އޮޕަރޭޓް ކުރާނީވެސް އެމްއެންޑީއެފުންނެވެ.

ރާއްޖޭގެ ކަނޑުގެ ސަރަހައްދު 24 ގަޑިއިރު ބެލެއްހެއްޓުމަކީ ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ. އެގޮތުން މި ރަސްމިއްޔާތު ފެށުމާއެކު އެ ވައުދު ހާސިލްވެގެންދާނެއެވެ.

One Comment

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button