
މިއަދު ކުރިއަށް ދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ޕީޕީއެމް ޕީއެންސީގެ ޕްރައިމަރީގައި ތިނަދޫ އުތުރު ދާއިރާއަށް ވާދަކުރެއްވި ކެންޑިޑޭޓް ސައުދުﷲ ހިލްމީ (ސައުދު) ބޮޑު ތަފާތަކުން އެދާއިރާގެ ޕްރައިމަރީ ކާމިޔާބު ކޮށްފިއެވެ.
ސައުދު ވަނީ އެ ދާއިރާގެ އިތުރުން މާލޭގައި ބެހެއްޓި ވޯޓު ފޮށިންވެސް ބޮޑު ތަފާތަކުން ޕްރައިމަރީ ކާމިޔާބުކޮށްފައެވެ.
މީގެ ކުރިންވެސް އެދާއިރާގެ މެންބަރުކަން ކުރެއްވި ސައުދަކީ އޭނާގެ މެންބަރު ކަމުގައި ގިނަގުނަ ހިދުމަތްތަކެއް ކުރައްވާފައެވެ. ހާއްސަކޮށް ދާއިރާ އާއި ރަށަށް ގެނައި ތަރައްގީގައި ސައުދުގެ ހިއްސާ ވަރަށް ބޮޑެވެ.
މީގެ އިތުރުން ސައުދަކީ އިމާރާތްކުރުމުގެ ބޮޑެތި މަޝްރޫއުތައް ހިންގެވުމުގެ ތަޖުރިބާ ހުރި، ކޮންސްޓްރަކްޝަން އިންޑަަސްޓްރީއަށް ފަރިތަ ބޭފުޅެކެވެ.
ސައުދުގެ ހިދުމަތް އެކި ގޮތް ގޮތުން ފާހަގަވެފައިވާއިރު، އޭނާގެ އެންމެ ބޮޑު އުންމީދަކީ މަޖިލިސް އިންތިހާބު ކާމިޔާބުކޮށް، ސަރުކާރާ ގުޅިގެން ދާއިރާގެ ރައްޔިތުން އެދޭގޮތަށް ކަންކަން ބައްޓަންކޮށް، މިވަގުތު އެ ދާއިރާގައި ހުރި މައްސަލަތަކަށް ދާއިމީ ހައްލެއް ގެނައުމެވެ.
ބޮޑު ތަފާތަކުން ކާމިޔާބުކުރިއޭ ބުނިއިރު، ވޯޓު ލިބުނު އަދަދުތައް ޖަހާނުލީމައި، މި ވޭތަ ޚަބަރަކަށް.