ޚަބަރުސިޔާސީ

ޒުވާނުންގެ ތާއީދާއެކު ބޮޑު ތަފާތަކުން ތިނަދޫ ދެކުނު ދާއިރާގެ ޕްރައިމަރީ ޝަރީ ކާމިޔާބުކޮށްފި

މިއަދު ކުރިއަށް ދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ޕީޕީއެމް ޕީއެންސީގެ ޕްރައިމަރީގައި ތިނަދޫ ދެކުނު ދާއިރާއަށް ވާދަކުރެއްވި ކެންޑިޑޭޓް އަބްދުﷲ ޝަރީފް (ޝަރީ) ބޮޑު ތަފާތަކުން އެދާއިރާގެ ޕްރައިމަރީ ކާމިޔާބު ކޮށްފިއެވެ.

ޝަރީ ވަނީ ދާއިރާގައި ބެހެއްޓި ވޯޓު ފޮށިނާއި މާލޭގައި ބެހެއްޓި އެދާއިރާއަށް ނިސްބަތްވާ ވޯޓު ފޮށިން ބޮޑު ތަފާތަކުން ނަތީޖާ ނެރެފައެވެ.

”ބޮންތި“ އަށް މައުލޫމާތު ދެމުން ޝަރީގެ ކެމްޕެއިން ޓީމުން ބުނީ މާލެ ފޮށީގެ ނަތީޖާ ލިބިފައިވާ ކަމަށާއި ރަށު ފޮށީގެ ނަތީޖާ ލިބުނުއިރުވެސް، އެހެން ކެންޑިޑޭޓުންނާ އަޅާބަލާއިރު، ބޮޑު ފަރަގަކުން ޝަރީ ކުރީގައި އުޅޭ ކަމުގައެވެ.

ޝަރީގެ ކެމްޕެއިން ވަރުގަދަކޮށް އެ ދާއިރާގެ މަޖިލިސް ގޮނޑި ކާމިޔާބު ކުރުމަށް ތާއީދު އިތުރު ކުރުމުގެ މަސައްކަތް ކުރަމުން ދަނީ އޭނާގެ ބިޔަ ކެމްޕެއިން ޓީމުން ތަރުތީބުކޮށްފައިވާ ކެމްޕެއިން ޕްލޭނެއްގެ ދަށުންނެވެ. އެގޮތުން ޝަރީގެ ޕީއާރު ޓީމާއި އިދާރީ އަދި ޑޯޓުޑޯ ޓީމުން ވަނީ ކޮންމެ ދުވަހަކުވެސް ވަކި ޓާގެޓެއް ކަނޑައަޅައިގެން މަސައްކަތް ކޮށްފައެވެ. މީގެ އިތުރުން ދާއިރާއަށް ގިނަ ވަޢުދުތަކެއް ވިއްކުމުގަ ބަދަލުގައި ޝަރީގެ ކެމްޕެއިން ޓީމުން ގެންދިޔައީ ކަން ކުރާނެ ގޮތުގައި ތަފްސީލް ރައްޔިތުންނާ ހިއްސާކޮށްފައެވެ.

ޝަރީގެ ރަސްމީ ފޭސްބުކް ޕޭޖުގައި އެދާއިރާގެ ރައްޔިތުންނާއި އޭނާ އާއިއެކު ގިނަ ފޮޓޯތަކެއް ހިއްސާކޮށްފައިވާއިރު، އޭނާއަށް ތާއީދުކުރާކަން ހާމަކުރުމުގެ ގޮތުން ގިނަބަޔަކު ވަނީ ޝަރީގެ ކެމްޕެއިން ފޮޓޯ ފްރޭމް ހިފައިގެން ފޮޓޯވެސް ނަގާފައެވެ.

ފަތުރުވެރިކަމުގެ ސިނާއަތުގައި 10 އަހަރު އަދި ސަރުކާރުގެ މައި އެއް ކުންފުނި ކަމުގައިވާ އެސްޓީއޯގެ މެނޭޖުމަންޓުގައި އޮޕަރޭޝަންތައް ކުރިއަށްދާ ގޮތް ބެއްލެވުމުގައި އިސް ދައުރެއް 14 އަހަރު ވަންދެން އުޅުއްވި ޝަރީއަކީ މިއަދު އަމިއްލަ މަސައްކަތުން ދިރިއުޅުމެއް ބިނާ ކުރަމުންދާ، ޒުވާނުންނާއި ގުޅޭ، ތަރައްގީއަށް ލޯބިކުރައްވާ ބޭފުޅެކެވެ.

އެގޮތުން ޝަރީ އަކީ މަސައްކަތުގެ މައިދާނުގައި ތިނަދޫ ދެކުނު ދާއިރާގެ ޒުވާނުން ބިނާކުރުމަށް ހާއްސަ އަހައްމިއްޔަތުކަމެއް ދެއްވާ ބޭފުޅެކެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button