ގިރާވަރުފަޅުގެ މަޝްރޫއު ހުއްޓިފައި ވަނީ މިދިޔަ އަހަރުގެ ސެޕްޓެންބަރު/އޮކްޓޯބަރު މަހު ދައްކަންޖެހޭ ބިލަކަށް ފައިސާ ނުދައްކައި އޮތުމުން ކަމަށް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވީ ގިރާވަރު ފަޅުން ހިއްކަން ނިންމާފައިވާ 160 ހެކްޓަރުގެ ބިމުގެ ތެރެއިން 50 ހެކްޓަރުގެ ބިން މިހާރު ހިއްކާފައިވާ ކަމަށެވެ. ނަމަވެސް، އެ މަޝްރޫއު ހުއްޓިފައި އޮންނަތާ މިހާރު ދުވަސްކޮޅެއް ވެއްޖެކަމަށް އޭނާ ވިދާޅުވިއެވެ.
މުއްތަލިބް ވިދާޅުވި ގޮތުގައި، ގިރާވަރު ފަޅު ހިއްކަނީ ދައުލަތުން ކްރޮސް ސަބްސިޑީގެ އުސޫލުން ވަކި ވަރަކަށް ފައިސާ ދީފައި އަދި ބާކީބައި ކޮންޓްރެކްޓާ ފައިނޭންސިން އުސޫލުން ދޭ ގޮތަށް ހަދާފައިވާ އެއްބަސްވުމެއްގެ ދަށުންނެވެ.
”ހަގީގަތުގައި ވަރަށް އަގުބޮޑު، ދައުލަތުން ވަރަށް ބޮޑު ހޭދައެއް ކުރަން ޖެހޭ މަޝްރޫއެއް،“ އޭނާ ވިދާޅުވިއެވެ.
ގިރާވަރު ފަޅު ހިއްކަނީ ދައުލަތުން 197 މިލިއަން ޑޮލަރު (ތިން ބިލިއަން ރުފިޔާ) ހަރަދު ކޮށްގެންނެވެ.
”މިހާރު މަސައްކަތް ހުއްޓިފައި އޮތް އެންމެ ބޮޑު ސަބަބަކީ ދައުލަތުން ކޮންޓްރެކްޓާ އަށް ދައްކަންޖެހޭ ފައިސާގެ ޑިލޭއެއް، އެއީ މިދިޔަ އަހަރު ސެޕްޓެމްބަރު/އޮކްޓޯބަރު ހިސާބުގައި ލާފައި އޮތް ބިލަކަށް ޕޭމަންޓް ނުލިބިގެން ޑިލޭއެއް އައިސްފައި ވަނީ،“ މުއްތަލިބް ވިދާޅުވިއެވެ.
”މަސައްކަތް ކުރަމުން މި ގެންދަނީ އެއީ ވަރަށް ބޮޑު އަދަދެއްގެ ފައިސާ އަށް ވާތީވެ، އެ ފައިސާ ވީހާ ވެސް އަވަހަކަށް ހަމަޖައްސައި ދީގެން މަޝްރޫއު އަލުން ފަށައިގެން ކުރިއަށް ގެންދެވޭތޯ. ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދޭ އެއް ކަންތައް ގިރާވަރުގެ ބިން ހިއްކުމުގެ މަޝްރޫއު ނިންމައި ހަމަ ގުޅިފަޅާ އެއްގޮތަށް އެ ތަނުގެ ސާވިސްތަކާ އެއްޗެހި ގާއިމްކުރުން،“ އޭނާ ވިދާޅުވިއެވެ.
”ގިރާވަރުފަޅުގެ މަގުތައް ހެދުމަށާއި އަސާސީ ހިދުމަތްތައް ގާއިމްކުރަން ކުންފުނިތަކުން ޝައުގުވެރިކަން ފާޅުކޮށްފައި ވެސް އެބަހުރި. އެކަމުގެ އެއްބަސްވުންތައް ވެސް ވަރަށް އަވަހަށް ހެދޭނެ.“
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން މާލޭގެ މީހުންނަށް ގޯތި ދޭން ހިއްކަން ފެށި ގިރާވަރު ފަޅަށް 50 ހެކްޓަރުގެ ބިން އިތުރުކުރަން ނިންމާ، މިދިޔަ މަހު ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އެކަން އިއުލާން ކުރައްވައިފައެވެ.
Hulhumale 3 vana phase ey kiyaafa hihkaathan huhtifa othee Keehve thoa saafu koh dhehvun edhen ethanuge masahkatheh nukuraathaa mi eiee 2 vana hafuthaa