ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ރަންވޭގެ ނިމުނު ބައި ރަސްމީކޮށް ބޭނުންކުރަން ފަށައިފި
ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގައި ހަދަމުން އަންނަ އާ ރަންވޭގެ ނިމުނު ބައި ރަސްމީކޮށް ބޭނުންކުރަން ފަށައިފިއެވެ.
ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގައި ތިން ފިޔަވައްސަކަށް ބަހާލައިގެން ހަދަމުން ދަނީ 2.460 މީޓަރުގެ ރަންވޭއެކެވެ. އެ ރަންވޭ އިން މިހާރު ނިމިފައިވާ 1،200 މީޓަރެވެ.
ރަންވޭގެ ނިމުނު ބައި ބޭނުން ކުރަން ރަސްމީކޮށް ފެށުމުގެ ގޮތުން އެ ތަނަށް ޖެއްސި ފުރަތަމަ ފްލައިޓުގައި ރީޖަނަލް އެއާޕޯޓްސް ކުންފުނި (އާރްއޭސީއެލް)ގެ މެނޭޖިން ޑިރެކްޓަރު އަހުމަދު މުބީން އާއި އައިލެންޑް އޭވިއޭޝަންގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އަލީ ސަލީމް ހަނިމާދު އަށް ވަޑައިގަތެވެ.
އާރްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު މުބީން ވިދާޅުވީ ރަންވޭގެ މަސައްކަތްތައް ތާވަލާ އެއްގޮތަށް ކުރިއަށް ގެންދާ ނަމަ އަންނަ މާޗު މަސް ނިމުމުގެ ކުރިން އެއްކޮށް ނިމޭނެ ކަމަށެވެ.
އެއާބަސް އޭ320 އާއި ބޮއިންގް 727 ފަދަ ބޮޑެތި ބޯޓުތަކަށް ޖެއްސޭ އިރު ރޭގަނޑުގެ އުދުހުންތަކަށް ވެސް ބޭނުންކުރެވޭނެ ގޮތަށް އަދި އަހަރަކު 1.3 ފަސިންޖަރުންނަށް ހިދުމަތް ދެވޭނެ ޓާމިނަލަކާ އެކު، ރަންވޭ އެއްކޮށް ނިމުމުން ފިއުލް ރައްކާކުރެވޭނެ އިންތިޒާމް ވެސް ހުންނާނެއެވެ.