ޚަބަރުސިޔާސީ

ފަސް ރަށެއްގައި އިއާދަކުރަނިވި ހަކަތައިން މިއަހަރު ކަރަންޓު ދޭން ސްޓެލްކޯއިން ތައްޔާރުވަނީ

ރާއްޖޭގެ ފަސް ރަށެއްގައި އިއާދަކުރަނިވި ހަކަތައިން މިއަހަރު ކަރަންޓު ދޭން ސްޓެލްކޯއިން ތައްޔާރުވަމުން އަންނަ ކަމަށް އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން ފަހުމީ ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ފަހުމީ ވިދާޅުވިގޮތުގައި އެކުންފުނީގެ ވިސްނުމަކީ ހިދުމަތް ދެމުން އަންނަ 33 ރަށުގައިވެސް އިއާދަކުރަނިވި ހަކަތައިން ހިދުމަތް ދެވޭގޮތް ހެދުމެވެ. އެގޮތުން ފަސް ރަށެއްގައި އެ މަޝްރޫއު ފެށުމުގެ ގޮތުން އެންމެ ލަސްވެގެން އަންނަ މަހުގެ ތެރޭގައި އެއްބަސްވުމާ ހަމައަށް އާދެވޭނެ ކަމުގައި ފަހުމީ ވިދާޅުވިއެވެ.

”ފުރަތަމަ ލިބުނީ އަގު ބޮޑު ބިޑުތަކެއް. ދެން ދެވަނަ ފަހަރަށް ބިޑަށް ހުޅުވައިގެން އެބަހުރި ރީޒަނަބަލް އަގުތަކެއް ލިބިފަ.“ ފަހުމީ ވިދާޅުވިއެވެ.

އިއާދަކުރަނިވި ހަކަތައިން ކަރަންޓު ފޯރުކޮށްދޭން ފެށުމުން ތެލަށް ކުރާ ހޭދަ އެތައް ގުނައެއް ކުޑަކުރެވިގެންދާނެ ކަމުގައި ފަހުމީ ވިދާޅުވިއެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button