ޚަބަރު

ހާލަތު ހުރިގޮތުން އެންމެ އިންޖީނަކަށް ކަމެއް ދިމާވިޔަސް ބައެއް ސަރަޙައްދުތަކުން ކަރަންޓް ކަނޑާލަން ޖެހޭ: ފަހުމީ

ސްޓެލްކޯއިން ރާއްޖެއަށް ފޯރުކޮށްދޭ ކަރަންޓުގެ ހިދުމަތަކީ އެންމެ މުހިންމު ހިދުމަތް ކަމުގައި ވީނަމަވެސް، ކަރަންޓް ބޭނުންކުރާ މިންވަރު ދުވަހުން ދުވަހަށް އިތުރުވެ، ޑިމާންޑަށް ކޭޓަރކުރެވޭނެ ވަރުގެ އިންޖީނު ހޯދިފައި ނެތުމަކީ ސްޓެލްކޯއަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުން ކަމުގައި އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން ފަހުމީ ވިދާޅުވެއްޖެއެވެ.

މިއަދު ނޫހަށް ދެއްވި އިންޓަވިއުއެއްގައި ފަހުމީ ވިދާޅުވީ، އަބަދުވެސް ސްޕެއަރ ހުންނަ ކަމަށާއި، ކްރިޓިކަލް އިންފްރާސްޓްރަކްޗާގަ ކްރިޓިކަލް ރިސްކަށް ބޭނުންވާ ހުރިހާ ސްޕެއާރސް އޭގެ ތެރޭގައި ހިމެނޭ ކަމުގައެވެ.

”މައްސަލައަކީ ސްޕެއާރސް އެއް ނޫން. މައްސަލައަކީ އެޑީޝަނަލް ކެޕޭސިޓީ އަސްލު ނެތުން. ވާގޮތަކީ ހުރިހާ އިންޖީނެއް ހިންގާފަ މި ހުންނަނީ ހުންނައިރު އޭގެ އެންމެ އެއްޗެއް (އެންމެ އިންޖީނެއް) ޑައުންވިޔަސް އަޅުގަނޑުމެންނަށް ޑިމާންޑަށްވުރެ ސަޕްލައި ލޯ ވާނެ. އެހެންވެއްޖެއްޔާ އަޅުގަނޑުމެންނަށް ކަރަންޓް ކަނޑާލަން އެބަޖެހޭ ބައެއް ފަހަރު އެކި ދިމަދިމާލުން.“ ފަހުމީ ވިދާޅުވިއެވެ.

ކެޕޭސިޓީ އިތުރުކުރުމަށް ވޭތުވެދިޔަ ސަރުކާރުތަކުން އިންވެސްޓް ކުރުމުގައި ފަހަތުފަޔަށް ބުރަވެފައި އޮތް އޮތުން ފާހަގަކުރައްވައި ފަހުމީ ވިދާޅުވީ ރައީސް މުހައްމަދު މުއިއްޒުގެ އަމާޒާ އެއްގޮތަށް އެކަމަށް ދާއިމީ ހައްލެއް ލިބިގެންދާނެ ކަމުގައެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button