ޚަބަރު

އެކްސްޕެންޝަން ޕްރޮޖެކްޓް މިއަހަރުގެ ނިޔަލަށް ނިމުމުން ރާއްޖޭގައި 5 މަސް ދުވަހުގެ ގޭސް ރައްކާ ކުރެވޭނެ: ގޭހުގެ އެމްޑީ

މޯލްޑިވް ގޭހުގެ ސްޓޯރޭޖް ކެޕޭސިޓީ އިތުރުކޮށް،5 މަސް ދުވަހުގެ ގޭސް ރައްކާ ކުރުމުގެ ގާބިލްކަން ހުރި ކުންފުންޏަކަށް އެކުންފުންނި ހައްދަވާނެ ކަމުގައި ގޭހުގެ މެނޭޖިންގ ޑިރެކްޓަރ އަބްދުﷲ މުހައްމަދު (މަދަނީ އަބްދުﷲ) ވިދާޅުވެއްޖެއެވެ.

އާދީއްތަ ދުވަހުގެ ރޭ ސަންގު ޓީވީގެ ހަބަަރަށްފަހު ޕްރޮގްރާމުގައި ވާހަކަފުޅުދައްކަވަމުން އަބްދުﷲ ވިދާޅުވީ އެކުންފުނީގައި މިހާރު ހުރީ40 ދުވަހަށް ގޭސް ރައްކާކުރެވޭ ވަރުގެ ސްޓޯރޭޖެއް ކަމުގައެވެ.

”ކުރިއަށް އޮތް މަހެއް ނުވަތަ ދެމަސް ދުވަހުގެ ތެރޭގައި އަޅުގަނޑުމެންގެ އެކްސްޕެންޝަން ޕްރޮގްރާމެއް ފެށިގެންދާނެ. އެޕްރޮގްރާމް ނިމޭއިރު އަޅުގަނޑުމެންގެ ކެޕޭސިޓީ ގާތްގަނޑަކަށް 2،500 ނުވަތަ 3،000 މެޓްރިކް ޓަނަށް ތިލަފުށީގަ އިތުރުކުރެވިގެންދާނެ. ތިނަދޫގަ ހުރި ފެސިލިޓީ އޮޕަރޭޝަނަށް ގެނެވުނީމަ އެތަނުގައި ހުރި 1،500 އާ އެއްކޮށް އަޅުގަނޑުމެނަށް ގާތްގަނޑަކަށް 4،500 އަށް ނުވަތަ 4،000 އަށް މަދުވެގެން އަޅުގަނޑުމެންގެ،، އޭގެ މާނައަކީ ރާއްޖޭގައި ގޭސް ހަތަރު މަސް ދުވަހަށް ނުވަތަ ފަސް މަސް ދުވަހަށް ރައްކާ ކުރެވޭނެ.“ އަބްދުﷲ ވިދާޅުވިއެވެ.

އަބްދުﷲ ވިދާޅުވީ ގޭހުގެ ސްޓޯރޭޖުގެ މައްސަލަ މިއަހަރުގެ ނިޔަލަށް ހައްލު ކުރެވިގެންދާނެ ކަމުގައެވެ.

އެމްޑީ ކަމާއި ހަވާލުވެވަޑައިގެންނެވި ފަހުން ކުންފުނީގެ ހިންގުމުގެ ހަރަދު ކުޑަކުރުމުގެ ގޮތުންނާއި ހިންގުން ހަރުދަނާ ކުރުމުގެ ގޮތުންވެސް ކުރިއެރުންތަކެއް ހޯއްދަވާފައިވާކަން އަބްދުﷲ ފާހަގަކުރެއްވިއެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button