ޚަބަރު

ހިދުމަތް ދެމުން އަންނަ 33 ރަށުގައިވެސް އިއާދަކުރަނިވި ހަކަތަ ބޭނުންކުރުމުގެ ވިސްނުން އެބަ ގެންގުޅެން: ފަހުމީ

އައު ސަރުކާރުގެ ވިސްނުން ހުރީ ސްޓެލްކޯއިން ހިދުމަތްދެމުން އަންނަ 33 ރަށުގައިވެސް އިއާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން ކަަރަންޓްދިނުމަށްކަމަށް އެކުންފުނީގެ މެނޭޖިންގް ޑިރެކްޓަރ ހުސައިން ފަހުމީ ވިދާޅުވެއްޖެ އެވެ.

ދައުލަތުގެ މީޑިއާ ކަމުގައިވާ ޕީއެސްއެމްއިން ރޭނގަޑު ގެނެސްދޭ ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ފަހުމީ ވިދާޅުވީ 5 ރަށެއްގައި އެކަމުގެ އަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވެފައިވާކަމުގައެވެ.

މިހާރު އެމަސައްކަތުގެ ބިޑް ޕްރޮސެސް ނިމި، މިމަހު ކޮންޓްރެކްޓަރަށް އެވޯޑްކޮށް އެއްބަސްވުމުގައި ސޮއިކުރުމުގެ ކަންކަން ކުރިޔަށްގެންދަން ވާނީ ރާވާފަ. މިމަސައްކަތުގެ ދަށުން މިރަތަށްތަކަށް މިއަހަރު ނިމުމުގެ ކުރިން މަދުވެގެން 12 ގަޑިއިރު އިޔާދަކުރަނިވި ހަކަތައިން ކަރަންޓު ދެވޭނެ.“ ފަހުމީ ވިދާޅުވިއެވެ.

މަދުވެގެން 5 ރަށެއްގައި އިޔާކުރަނިވި ހަކަތައިން ކަރަންޓުދޭން ފެށުމަށް ނިންމަވާފައިވާކަން ސްޓެލްކޯއިން ހާމަކުރީ މިއަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައެވެ. އަދި އިއާދަކުރަނިވި ހަކަތައިން ކަރަންޓް ފޯރުކޮށްދޭން ފެށުމުން ތެލަށް ކުރަމުން އަންނަ ހޭދަ ކުޑަވެގެންދާނެކަމަށްވެސް އެކުންފުނިން ބުނެއެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button