ގައްދޫ ފެނަކައިން ރަށު ރައްޔިތުންނަށް ސާފު ފެނުގެ ބަދަލުގައި ލޮނުފެން ދީ އެއަށް ބިލު ކޮށްފި
ގދ.ގައްދޫ ފެނަކަ ކޯޕަރޭޝަންގެ އާރްއޯ ޕުލާންޓަށް ދިމާވި މައްސަލަ ހައްލު ނުކޮށް އެރަށު ރައްޔިތުންނަށް ސާފު ބޯފެނުގެ ބަދަލުގައި ލޮނުފެން ދޭތާ 1 މަސްވެއްޖެއެވެ.
ސާފު ބޯފެނުގެ ބަދަލުގައި ލޮނުފެން ރައްޔިތުންނަށް ދީ ވޭތުވެދިޔަ އެއްމަސް ދުވަހު ގޭބީސީ ތަކަށް ވަނީ ލޮނުފެނަށް ބިލް ކޮށްފައެވެ. ގައްދޫގައި މިހާރުވެސް ފެން ދޫކުރަނީ ހެނދުނު 6 ރޭގަންޑު 10 އަކަށެވެ. އަދި ގައްދޫ އެއްވެސް ގޭބީސީއަކަށް، ނުވަތަ މިސްކިތަކަށް އަދި ސިއްހީ މަރުކަޒަކަށްވެސް ސާފު ފެނުގެ ހިދުމަތެއް ނުލިބެއެވެ.
ގައްދޫގައި މިމައްސަލަ ދިމާވި ސަބަބަކީ އާރްއޯޕުލާންޓްގެ މޭންބްރެން ކަނެކްޓަރު ފަޅައިގެންގޮސް ފެންދައުރު ވާންޖެހޭ ތަނަކުން ލޮނުފެން ދައުރު ވުމުގެ ސަބަބުން ކަމަށް އެރަށު ކައުންސިލުން މައުލޫމާތު ދެއެވެ.
ގައްދޫ ކައުންސިލް މެންބަރު އަލީ ޝަރީފް ”ބޮންތި“ ނޫހަށް މައުލޫމާތު ދިންގޮތުގައި އެކަމަކީ މަހެއްހާ ދުވަސް ކުރިން ޕުލާންޓްގެ މެންބްރެން އަށް ދިމާވި މައްސަލައެކެވެ. އެކަން ހައްލުކުރި ކަމަށް ފެނަކައިން ބުނި ނަމަވެސް އެކަން ހައްލު ނުވާކަން ރައްޔިތުންގެ ފަރާތުން ކައުންސިލަށް ވަނީ ފާހަގަވެފައެވެ. އަދި ލޮނުފެނަށް ގޭބީސީ ތަކަށް ބިލުކުރުމަށްފަހު ފެނަކައިން ވަނީ 30 ޕަސެންޓްގެ ޑިސްކައުންޓެއް ދީފައެވެ. ގޭބިސީތަކަށް ލޮނުފެން ދިނުމުގެ ސަބަބުން ގިނަ އަދަދެއްގެ ރައްޔިތުންގެ މުދަލަށް ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބިގެން ކައުންސިލަށް ވަނީ ޝަކުވާ ހުށަހަޅާފައެވެ.
ކައުންސިލުން އިތުރަށް ބެލި ބެލުމުގައި ޓެކްނީޝަނެއްވެސް ފެނަކައިގައި ނެތްކަމަށާއި އަދި ކޮންމެ ދުވަހަކުމެ ހަދަންޖެހޭ ލެބް ރިޕޯޓުތައް ހަދާފައިނުވާކަން ފާހަގަވިއެވެ. އެހެން ނަމަވެސް ގައްދޫ ފެނަކައިން ކައުންސިލަށް މީގެ ކުރިން މައުލޫމާތު ދިންގޮތުގައި ކޮންމެ މަހަކުމެ ސާންޕަލް މާލެ ފޮނުވާ ކަމަށް ވެއެވެ.
ފެނަކައަށް ތަކުރާރުކޮށް މިކަމުގައި ދާއިމީ ހައްލެއް ހޯދައި ދިނުމަށް އެދުމުންވެސް އެއްވެސް ރަސްމީ ޖަވާބެއް މިވީހާތަނަށް ނުދޭކަމަށް ކައުންސިލް މެންބަރު އާދަމް ޝަރީފް ވިދާޅުވިއެވެ. އާދަމް ޝަރީފް އިތުރަށް ވިދާޅުވީ މީގެ ދެދުވަސް ކުރިން ފެށިގެން ރަށަށް އެއްގޮތަކަށް ވެސް ފެންނުލިބޭ ކަމުގައެވެ.
ފެނަކައިން ބުނެފައިވަނީ ފެން ނުދެވެނީ ޑިސްޓްރިބިއުޝަން ޕަންޕަކަށް ދިމާވި ކަމަކާ ގުޅިގެން އެކަން ހައްލު ނުވެގެން ކަމުގައެވެ. 2,200 މީހުން ދިރިއުޅޭ ރަށެއްގައި ސާފު ބޯފެން ދެދުވަސް ވީއިރުވެސް އެއްގޮތަކަށް ވެސް ނުލިބުމަކީ ގައްދޫ ކައުންސިލުން ކަންބޮޑުވާ މައްސަލައެކެވެ.
ގައްދޫއަށް ދިމާވެފައިވާ މައްސަލަތަކަށް ހައްލެއް ހޯދުމަށް ސަރުކާރުގެ ކަމާބެހޭ ހުރިހާ ފަރާތްތަކާ އެކީ ވާހަކަ ދެއްކުމުން ވެސް މިއަދާ ހަމައަށް ހައްލެއް ނުލިބޭ ކަމަށް ޝަރީފް ވިދާޅުވިއެވެ. އެކަމަކު މީގެ ދުވަސްކޮޅެއް ކުރިން ރެގިއުލޭޝަން އެތޯރިޓީން ގައްދޫއަށް ދިޔަ ނަމަވެސް އެކަމުގެ ހަބަރެއް ނުވާކަމަށް އޭނާ ވިދާޅުވިއެވެ.
ގައްދޫއިން އާމުންގެ މީހަކު ”ބޮންތި“ ނޫހަށް މައުލޫމާތު ދިންގޮތުގައި އެމީހުން ލޮނުފެން ބޭނުން ކުރާތާ 1 މަސް ވެއްޖެއެވެ.
”ރައީސް ޔާމީންގެ ސަރުކާރުން ފެށިގެން ފެނަކާއާ ހަވާލު ވަންދެން ސާފުބޯފެން ރައްޔިތުންނަށް ލިބޭ. އެކަމަކު މިހާރު އެކިފަހަރު މަތިން އެކިއެކި މައްސަލަތައް ދިމާވޭ. މިހާރު ލިބެނީ ސީދާ މޫދު ލޮނަށް ވުރެން ހިތި އެހާމެ ވަރުގަދަ ލޮނުފެނެެއް.“ އޭނާ ބުންޏެވެ.
މިކަމުގެ ސަބަބުން އާންމުން ގޭގޭގައި ބޭނުން ކުރާ ދޮންނަ މެޝިނާއި، ޕިއުރިފަޔާ އާއި، ފެން ކައްކާ ޖަގު އަދި ބަދިގެ ތެރޭގައި ބޭނުން ކުރާ ގިނަ ސާމާނުތައް ވަނީ ދަބަރުޖަހާ ފޫ ޖެހުމުގެ ސަބަބުން ހަލާކުވެފައެވެ. އަދި އެއްވެސް ފަރާތަކުން ޒިންމާނަގާފައި ނުވާކަން ވެސް އެމީހާ ފާހަގަކުރިއެވެ.
”މިރަށުގައި ފެނަކައިގެ ބޭފުޅުން މިހާރުވެސް ކުރާކަމަކީ ރަށައް ފެންނުދެވުނަސް ވޮލީ މުބާރާތެއް ރާވައިގެން އެބައުޅޭ. ފެނަކައިގައި ގިނައީ ތަޖުރިބާ ނެތް، ކަމުގެ ގާބިލްކަން ނެތް ސިޔާސީ މަގާމުތަކުގައި ތިބި މީހުން. މިހާރުވެސް ފެން ނުލިބޭތާ ދެދުވަސް ވެއްޖެ.“ އޭނާ ބުންޏެވެ.
ގައްދޫ ފެނަކައިގެ އޮޕަރޭޝަން މެނޭޖަރު އިލްހާމް ރަޝީދު ”ބޮންތި“ އަށް މައުލޫމާތު ދެއްވިގޮތުގައި މެންބްރެން ކަނެކްޝަނަށް އެއްވެސް މައްސަލެއް ދިމައެއް ނުވެއެވެ.
”ފެނުގެ ނެޓް ވޯކަށް ލޮނުފެނެއް ނުދޭ. ރައްޔިތުން ނުބުނާނެ ލޮނުފެން ދިޔައެކޭ.“ އިލްހާމް ވިދާޅުވިއެވެ.
ތަކުރާރު ކޮށް ސުވާލު ކުރުމުންވެސް ގޭބިސީތަކަށް ލޮނުފެން ނުދާކަަމަށް އިލްހާމް ވިދާޅުވިއެވެ.
”އަޅުގަނޑު މިހުރީ ހަވާލުވެ ގައްދޫ ފެނަކައާ. ކިހިނެއްތޯ އަޅުގަނޑަށް ނޭނގި ލޮނުފެން ދާންވީ. އެހެން ވީމަ މި ބުނަނީ ލޮނުފެން ނެޓްވޯކް ތެރެއިން ނުދެޔޭ. ފެނުގެ ހާލަތު އެންމެ ގާތުން މި ބަލަނީވެސް އަޅުގަނޑު. އެހެންވީމަ މިހާ ޔަގީންކަމާއެކީ މިބުނަނީ ލޮނުފެން ނުދެޔޭ.“ އިލްހާމް ވިދާޅުވިއެވެ.
އިލްހާމް ވިދާޅުވިގޮތުގައި ގައްދޫ ފެނުގައި ކުޑަކުޑަ މައްސަލައެއް އުޅޭތީ މިހާރު ރަށަށް ފެން ދިނުން ވަނީ ހުއްޓިފައެވެ. އެހެން ނަމަވެސް ފެން ނުލިބޭތާ ދެ ދުވަސް ނުވާ ކަމަށާއި، އާދީއްތަ ދުވަހު ހެނދުނު 9:00 އިން އަކުން ފެށިގެން ދެ ދުވަސް ނުވާނެކަން އޭނާ ފާހަގަކުރެއްވިއެވެ. އެކަމަކު ފެން ނުދެވިގެން އުޅެނީ ކޮން މައްސަލަ އެއް ދިމާވެގެން ކަމެއް އިލްހާމް ވިދާޅެއް ނުވެއެވެ.
”ލެބް ސާމްޕަލް ކޮންމެ ދުވަހަކުމެ ހަދާ. މިހާރުވެސް ހުންނާނެ ޓުރޭނިންގ ޓެކްނީޝަނެއް.“ އިލްހާމް ވިދާޅުވިއެވެ.
ރާއްޖޭގެ ރަށްރަށުގައި ގާއިމްކޮށްފައިވާ ފެނުގެ ނިޒާމް ބަލަހައްޓަނީ ފެނަކައިންނެވެ.
Ilhaam e hadhdhqvanee ithurufulhe Gadhdhoo fen plant in fahakah ais saafu feneh nulibey fenuga dhenee lonuraha
Ilham aky magaamah sharuthuhamava meeheh nun
Ilham kaareega keekuran ahan v ? Rahyithunna ingeyne fen kada viyya. Ilham akah noon ingeynee
Fenakah libenee seedhaa lonufen.iyyeves school ah fen nulibey teachers dhaanjehenee geah.
Mashakeei agutha raajeyga huri emme molhu gaanoonee vakeel. Ehen veema Masha olhuvaeh nuleveyne.
Gadhdhoo Imad ah ekani hen heevanee lonufen libigen ulheny.
Ilham akee ves dhen maa kan kan dhanna kamah hedhigen ulhey veriyaa ey. Body guard eh cycle fahathah laigen ulhey e veriyaa akee fenakaige manager, asst. Manager, supervisor, technician, bill printer, customer support, hr manager, attendance machine adhi engineer ge masooliyyathu ves adhaa kuraa faraai kamah ve eve.
Ilham akee Fenaka Saeed ah Vai jahaigen magaamah araa hure mdp aai sarukaar ah jessun kuraa meehen. Zaathee adhi zaaikolhu bodu meeheh. Emme bodu musaara dheefa kommeves vazaafaa eh dheefa eyna vadhdhaafa thibey eynage vafaadhaarun abadhume thiben jeheyn eynage geyge gondithakuga. Eyna onnaanee undhoali hellan. Eyna Nidhan vanumuge kurin emeehun dhiyun manaa vaane. King ilham 2
Fenakin dakanee huss dhogu vaahak ebyfulhun dhoo kuraa fenakee insaanun boh ragalhu febe nohh food and gurg authority ge min gada nufethy coloring nukuraa mihaaruve lounge asaru hirifen eby fulhunajee gadhdhoo rayithuna kuda vess rahumeh kuluneh huri baeh nooh ekamuge heki thanedoren naygy meehun ROPlantakaa havaalu kogen molhethi vaahaka dakanee ehakn mihaaru sarukaaruge ekan balahatt URA saabith vaane gadhdhoo fenaky rakaatheri nor kamudaa fene nookan rayithun gubo hedaynee vaki varakh maa gadaa vegen ulhegen assy khidumathe kolety koh nudevayne ROPlantkee kochekan vess nygyne
24 Gadi irah fen dhookuri namaveh , adhi mivaguthah kahkkaigen noonee boan fen beynun nukurehvvun edhen.
ދެން ކޯޗެއް ހަނދާންވެގެންތޯ ފެން ދޫކޮށްގެން ތިއުޅެނީ.. ؟
Salaam
Fennugai lonuraha Dhinumuge sababun fenbeynunkurahvvaa Rahyyithuhnnah Dhimaavi dhathi udhagoo haalathah dherave varah Bodah maafah edhen.
Fenuge lonuraha kuriyah vvuren mihaaru gavaane kamah nubelevey.
Mihaaru Plant ah Dhimaavi mahssala hallukoh , fen hadhamun dhanee.
Ekeega mikan hahlluvumumah 3 dhuvas varu vaane.
Lonu raha Dhin nmaves , fen aanmmukoh dhookohffa huri varah ginafaraathehge edhumuge mathin.
Mi dhuvas varu beynun kuraa fenah bill kuraane gothakaai medhu midhanee head offeehaai mashvaraakuramun.