ޚަބަރުސިޔާސީ

މަޖިލިސް މުޒާހަރާގައި ސިފައިންނާއި ފުލުހުން މަސްއޫލިއްޔަތު އަދާކުރިތޯ ބަލަނީ

ސަރުކާރުގެ ވަޒީރުންގެ ބޭފުޅުންތަކަކަށް ރުހުން ނުދިނުމަށް އެމްޑީޕީ އާއި ދަ ޑިމްކޮރެޓްސް އިން ނިންމައި، އެ މައްސަލަ ކުރިއަށް ގެންދަން މިއަދު ދައުރުން ބޭރުން ބާއްވަން އުޅުނު ޖަލްސާގެ ކަންކަން ހޫނުވެ، ސަރުކާރަށް ނިސްބަތްވާ އެކި ފަންތީގެ ބޭފުޅުންނާއި ޕީޕީއެމް ޕީއެންސީއަށް ނިސްބަތްވާ ބައެއް މެންބަރުން މިއަދު މަޖިލިސް ކައިރީގައި ކުރި މުޒާހަރާގައި ސިފައިންނާއި ފުލުހުން މަސްއޫލިއްޔަތު އަދާކޮށްފައިވޭތޯ ބެލުމަށް މަޖިލީހުގެ ސަލާމަތީ ކަންތައްތަކާބެހޭ ކޮމެޓީއަށް ހުށަހަޅުއްވައިފިއެވެ.

މި މައްސަލަ ހުށަހެޅުއްވީ ގަލޮޅު އުތުރު ދާއިރާގެ ދަ ޑިމޮކްރެޓްސްގެ މަޖިލިސް މެންބަރު އީވާ އަބްދުﷲ އެވެ.

މަޖިލިސް ރައީސަށް އެޑްރެސް ކުރައްވައި އީވާ ފޮނުއްވެވި ސިޓީގައިވާގޮތުން މުޒާހަރާގެ ބައިވެރިން މަޖިލިސް ކުރާ ގޭގެ ފާރުމައްޗަށް އަރައި، އެއްޗެހި އުކާފައިވެއެވެ. އެގޮތުން އެފަދަ ހައިޖާނެއް ހިނގާފައިވާއިރު، ސިފައިންނާއި ފުލުހުން މަސްއޫލިއްޔަތު އަދާކޮށްފައިވޭތޯ ބެލުމަށް އީވާ ވަނީ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމެޓީއިން އެ މައްސަލަ ބައްލަވައިދެއްވުމަށް އެދިވަޑައިގެންފައެވެ.

މިއަދު ހިނގާދިޔަ ހަމަނުޖެހުންތަކާ ގުޅިގެން ސަރުކާރު ހިންގާ މައި ޕާޓީ ކަމުގައިވާ ޕީއެންސީން ބުނިގޮތުގައި އެ ހާލަތަށް ކަންކަން ގެންދިއުމުގެ އަޑީގައި ހުންނެވީ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button