ޚަބަރުސިޔާސީ

ރޯދަޔަށް ކާބޯތަކެތި އަގުހެޔޮކުރުމަށް ހަރުދަނާ މަސައްކަތްތަކެއް ކުރާނަން: ރައީސް

މާދަމާ ފެށޭ ރޯދަ މަހަށް ހާއްސަކޮށް އަސާސީ ކާބޯތަކެތި އަގުބޮޑުވިޔަ ނުދިނުމަށް އެސްޓީއޯ މެދުވެރިކޮށް މަސައްކަތްތަކެއް ކުރެވެމުންދާ ކަމުގައި ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

”ރައީސްގެ ޖަވާބު“ ސިލްސިލާގައި، ރޯދަ މަހުގައި ކާބޯތަކެތީގެ އަގުތަކާ ގުޅޭގޮތުން އާންމުންގެ މީހަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ރައީސް މުއިއްޒު ވިދާޅުވީ، ކާބޯތަކެތީގެ އަގުހެޔޮކުރުމަކީ ސަރުކާރުން އެންމެ ހާއްސަ އިސްކަމެއް ދޭ އެއް ކަންތައް ކަމުގައެވެ.
”ރޯދަމަސް ފެށިގެންދާއިރު އަސާސީ ހުރިހާ ބާވަތެއް އެސްޓީއޯ މެދުވެރިކޮށް ގެނެވި، އަގުހެޔޮކުރުމުގެ މަސައްކަތް މިހާރުދަނީ ކުރިއަށް. އަގުހެޔޮކޮށް ވިއްކަންވެސް ވަނީ ފަށާފަ.“ ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވި ގޮތުގައި، ސަރުކާރުގެ އަމާޒަކީ ރާއްޖޭގައި އުފެއްދޭ ހުރިހާ ބާވަތްތަކެއްގެ ކާބޯތަކެތި ރާއްޖޭގެ އުފެއްދޭނެ ނިޒާމެއް ގާއިމްކޮށް ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button