ޚަބަރުސިޔާސީ

ބޯޓު ފަހަރުތަކުން ނަގާ ފީ ޑޮލަރުން ނެގުމަށް އެމްޕީއެލުން ނިންމައިފި

ބޯޓުތަކުން ނަގާ ފީ އަންނަ މަހުން ފެށިގެން އެމެރިކާ ޑޮލަރުން ނެގުމަށް މޯލްޑިވްސް ޕޯޓްސް ލިމިޑެޓް (އެމްޕީއެލް) އިން ނިންމައިފިއެވެ.

އެކުންފުނިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މެނޭޖިންގ ޑިރެކްޓަރު އިސްމާއިލް ވަޖީހު ވިދާޅުވިގޮތުގައި ރާއްޖެއަށް މުދާ އެތެރެކުރާ ޝިޕް އެޖެންޓުން ފައިސާ ދައްކަނީ ދިވެހި ވިޔަފާރިވެރިންގެ އަތުން ޑޮލަރުން ފައިސާ ނެގުމަށްފަހު ދިވެހި ރުފިޔާއިންނެވެ.

”ކަޅު ބާޒާރުގައި 17 ރުފިޔާ ނޫނީ 18 ރުފިޔާއަށް ޑޮލަރު މާރުކޮށްގެން އެމްޕީއެލް އަށް ފީ ދައްކަނީ ބޭންކް ރޭޓުން.  މިއީ ބަދަލު ކުރަން ޖެހޭ ކަމެއް“ ވަޖީހު ވިދާޅުވިއެވެ.

ވަޖީހު ވިދާޅުވީ ރާއްޖެއަށް މުދާ ގެންނަ ފަރާތްތަކުން ބޯޓަށް ޑޮލަރުން ފައިސާ ދައްކާއިރު، އެމީހުން  ރުފިޔާ އިން ފައިސާ ދައްކާ ނަމަ،20 އިންސައްތައިގެ އިތުރުވުމެއް އަންނަ ކަމުގައެވެ.

އެއީ އެއްވެސް އިންސާފެއް އޮންނަ ކަމެއް ނޫންކަން ފާހަގަކުރައްވައި ވަޖީހު ވިދާޅުވީ އެކަން ކުރިއަށް އޮތް ތަނުގައި ބަދަލުވެގެން ދާނެ ކަމުގައެވެ.

 

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button