9 އަހަރު ފަހުން ދޮންއަދަރާދަ ހިނގުން ސްޓެލްކޯއިން އަލުން ހުޅުވައި، އާންމުން ބޭނުންކުރަން ފަށައިފި!

ސްޓެލްކޯގެ ބޭނުމަށް 2014 ވަނަ އަހަރު ބަންދުކުރި ހެންވޭރު ދޮންއަދަރާދަ ހިނގުން އަލުން ހުޅުވައި، އާންމުންނަށް ބޭނުންކުރެވޭ ގޮތަށް ހަދައިފިއެވެ.
ރޭ ދޮންއަދަރާދަ މަގު ރަސްމީކޮށް ހުޅުއްްވައިދެއްވީ، ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން އާއި ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީއެވެ.
މި ރަސްމިއްޔާތުގައި އެމްޑީ ފަހުމީ ވިދާޅުވިގޮތުގައި އެ މަގު ހުޅުވުމުގެ އިރުޝާދު ލިބިވަޑައިގަތީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފަރާތުންޕުޅުންނެވެ.
ރައްޔިތުންގެ ވިންދާއި އެއްގޮތައް އެމަނިކުފާނު އަބަދު ވެސް މަސައްކަތް ކުރައްވަމުންގެންދަވަނީ. އެކަމަށްޓަކައި ރައީސަށް ޝުކުރު ދަންނަވަން.“ ފަހުމީ ވިދާޅުވިއެވެ.
މިނިސްޓަރ އަމީން ފާހަގަކުރެއްވިގޮތުގައި ސްޓެލްކޯ އަކީ ސަރުކާރުގެ ސިޔާސަތުތަކުގެ ތެރެއިން އެކުންފުންޏާ ގުޅޭ ކޮންމެ ކަމެއްގައި ނަމޫނާ ދައްކާ ކުންފުންޏެކެވެ. އަދި ވަކިން ހާއްސަކޮށް މިނިސްޓަރ ވަނީ ސްޓެލްކޯގެ އެމްޑީ ފަހުމީއާއި ހީވާގި ޓީމު ކުރާ މަސައްކަތް އާންމުން ބަލައިގެންފައިވާކަމަށް ވިދާޅުވެފައެވެ.
ދޮންއަދަރާދަ ހިނގުމަކީ އަމީނީމަގުގައި ހުންނަ ސްޓެލްކޯގެ ހެޑް އޮފީހާއި ޖެހިގެން އޮންނަ މަގެވެ.