ޚަބަރު

ޓްރާންސްފޯމަރަކުން ވައްކަންކުރަން އުޅެނިކޮށް ކަރަންޓުގަ ޖެހިގެން މީހަކު މަރުވެއްޖެ

ހުޅުމާލޭ ފޭސް 2 ގައި ހުރި ޓްރާންސްފޯމަރަކުން ވައްކަންކުރަން އުޅެނިކޮށް މީހަކު ކަރަންޓުގައި ޖެހިގެން މަރުވެއްޖެއެވެ.

އެމީހާ ކަރަންޓުގައި ޖެހުނުކަން ހާމަކުރައްވައި ސްޓެލްކޯގެ މެނޭޖިން ޑިރެކްޓާ ހުސައިން ފަހުމީ ”އެކްސް“ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެ ހާދިސާގައި ކަރަންޓުގައި ޖެހުނު މީހާ ހޮސްޕިޓަލަށް ގެންދިޔައިރުވެސް މަރުވެފައިވާ ކަމުގައެވެ.

ސްޓެލްކޯގެ ސަބްސްޓޭޝަންތަކުގެ ތަޅުތައް ހަލާކުކޮށްލައިގެން އެތަންތަނަށް ވަދެ ޓްރާންފޯމަރުތައް ނިއްވުމަށްފަހު އޭގެ ބައިތައް ވަަގަށް ނަގަމުންދާކަމަށް ހުކުރު ދުވަހު ފަހުމީ ވަނީ ވިދާޅުވެފައެވެ. އަދި އެ މައްސަކަ ފުލުހުންނަށްވެސް ވަނީ ހުށަހަޅާފައެވެ.

ހުކުރު ދުވަހުގެ އިތުރުން ބުރާސްފަތި ދުވަހު ހުޅުމާލެއިން ކަރަންޓު ކެނޑުނީވެސް އެސަބަބާހުރެކަން ފަހުމީ ވަނީ ވިދާޅުވެފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button