ސިންގަޕޫރަށް ކުރެއްވި ނުރަސްމީ ދަތުރުފުޅު ނިންމަވައިލެއްވުމަށް ފަހު ރައީސް ޑރ. މުޙައްމަދު މުޢިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ރޭ ރާއްޖެ ވަޑައިގެންފިއެވެ.
ރައީސްގެ ދެކަނބަލުން ސިންގަޕޫރަށް ވަޑައިގެންނެވީ ބުރާސްފަތި ދުވަހުގައެވެ.
މި ދަތުރުގެ އިތުރު ތަފްސީލް ރައީސް އޮފީހުން ހާމަކޮށްފައިނުވާއިރު، އާންމު ގޮތެއްގައި ރައީސުންގެ ނުރަސްމީ ދަތުރުފުޅުގެ ތަފްސީލް އެ އޮފީހުން ނުދެއްވައެވެ.
އެކަމަކު ކުރީގެ ރައީސުންގެ ބައެއް ނުރަސްމީ ދަތުރުފުޅުގެ މައިގަނޑު ސަބަބު މީގެ ކުރިން ހާމަކޮށްފައިވެސް އެބަހުއްޓެވެ. އާންމު ގޮތެއްގައި ރައީސުން ނުރަސްމީ ދަތުރުފުޅުތައް ކުރައްވަނީ ބޭސް ފަރުވާ އަށެވެ.