ޚަބަރުސިޔާސީ

ސްޓެލްކޯއިން ހައްޖާއި އުމްރާއަށް ފޮނުވާ މުވައްޒަފުން ހޮވައިފި

ސްޓެލްކޯގެ ފަރާތުން މިއަހަރު ހައްޖާއި އުމްރާގެ އަޅުކަން އަދާކުރަން ދިއުމުގެ ފުރުސަތު ލިބޭ މުވައްޒަފުން ހޮވައިފިއެވެ.

އުމްރާއަށް ދާނެ މުވައްޒަފުން ހަމަޖެއްސީ މިއަހަރުގެ ރަމަޟާން މަސް އިހްޔާ ކުރުމަށާއި ސްޓެލްކޯއިން މުވައްޒަފުންނަށްދޭ ތަރާވީހުގެ އިތުރުން ކުންފުންޏަށް ގިނަ ދުވަހު ހިދުމަތްކޮށްދެއްވި ޖެނެރަލް މެނޭޖަރ ހަސަން ހުސައިން ރިޓަޔަރ ކުރެއްވުމާއި ގުޅިގެން ބޭއްވި ރަސްމިއްޔާތުގައެވެ.

މި އަހަރުގެ ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް (އަންހެން ފިރިހެން ވަކިން) ހުޅުވާލި ފުރުސަތަށް އިޖާބަދީ، ހައްޖުގެ އަޅުކަން އަދާކުރުމަށް އެދި ހުށަހެޅި 116 މުވައްޒަފުންގެ ތެރެއިން ޝަރުތު ފުރިހަމަވެފައި ވަނީ 98 މުވައްޒަފެއްގެއެވެ. އަދި އުމްރާގެ އަޅުކަން އަދާކުރުމަށް 263 ފަރާތަކުން ހުށަހެޅި އިރު، ޝަރުތުހަމަވެފައިވަނީ 254 މުވައްޒަފަކެވެ.
މީގެ ކުރިން ހައްޖު އަދި އުމްރާގެ ފުރުސަތު ކުންފުނިން ދީފައިވަނީ ދެބަޔަށް ވެސް ކޮންމެ އަހަރަކު އަންހެން މުވައްޒަފަކަށާއި، ފިރިހެން މުވައްޒަފަކަށެވެ. އެހެން ނަމަވެސް، ކުންފުނީގެ އެކަމާއި ގުޅުންހުރި ޕޮލިސީއަށް ބަދަލުގެނެސް މި އަހަރު ވަނީ ހައްޖުގެ އަޅުކަމަށާއި، އުމްރާގެ އަޅުކަމަށް ދެ ފިރިހެން އަދި އެއް އަންހެން މުވައްޒަފު ހޮވާފައެވެ.
ހައްޖުގެ އަޅުކަން އަދާކުރުމަށް ގުރުއަތުން ހޮވިފައިވަނީ:
• އަބްދުﷲ އާމިރު – ހުޅުމާލެ އިންޖީނުގެ
• މުހައްމަދު އާދިލް – ކ. ކާށިދޫ އިންޖީނުގެ
• އައިޝަތު ޝިޒްނާ – ވިލިނގިލި އަވަށު އިންޖީނުގެ
އުމްރާގެ އަޅުކަން އަދާކުރުމަށް ގުރުއަތުން ހޮވިފައިވަނީ:
• އާޒިމް އާދަމް – އދ. ދަނގެތި އިންޖީނުގެ
• މުހައްމަދު އާރިފް – ރިނިއުވަބަލް އެނާޖީ ޑިޕާޓްމަންޓް
• ހަދީއްޖާ އިފްޝާ – ފައިނޭންސް އެންޑް އެކައުންޓްސް ޑިޕާޓްމަންޓް
ސްޓެލްކޯއިން ދެމުން ގެންދާ ހައްޖުގެ އަޅުކަމުގެ ފުރުސަތު ދެނީ ކުންފުންޏަށް 15 އަހަރަށްވުރެ ގިނަ ދުވަހު ހިދުމަތް ކުރުމުގައި ދެމިތިބޭ މުވައްޒަފުންގެ ތެރެއިން އެކަމަށް ކުރިމަތިލާ މުވައްޒަފުންނަށެވެ. އަދި އުމްރާގެ އަޅުކަމުގެ ފުރުސަތު ދެނީ ފަސް އަހަރަށްވުރެ ގިނަ ދުވަހު ހިދުމަތްކޮށްދީފައިވާ މުވައްޒަފުންގެ ތެރެއިން އެކަމަށް ކުރިމަތިލާ މުވައްޒަފުންނަށެވެ.
ބުރާސްފަތި ދުވަަހުގެ ރޭ ބޭއްވި މި ހަފްލާގައި އައްޝައިޚް ޢާޒިމް ޚާލިދު ވަނީ ރޯދަމަހުގެ މާތްކަމާއި ގުޅޭގޮތުން ކުންފުނީގެ މުވައްޒަފުންނަށް ދީނީ ނަސޭހަތްދެއްވާފައެވެ.
މީގެ އިތުރުން މި ހަފްލާގައި ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އަބުދުﷲ ނާޒިރު ދެއްކެވި ވާހަކަފުޅުގައި ވަނީ ކުންފުންޏަށް 75 އަހަރު ފުރެންދާއިރު، މިދާއިރާގެ އެންމެ ބުރަކޮށް މަސައްކަތްކުރައްވާ އަދި ފާހަގަކޮށްލެވޭ ފުންނާބުއުސް އަދި އެންމެ ގިނަ ދުވަސްވީ ހިދުމަތްތެރީން ތިބީ ސްޓެލްކޯގައިކަން ފާހަގަ ކުރައްވައި، މެނޭޖިންގ ޑިރެކްޓަރ ހުސައިން ފަހުމީގެ އިސްނެންގެވުމުގެ މަތިން ގައުމީ ފެންވަރެއްގައި އެ ބޭފުޅުންގެ ހިދުމަތުގެ އަގު ވަޒަން ކުރުމަށްޓަކައި ދައުލަތުގެ ކަމާއިބެހޭ ފަރާތްތަކުގެ ސަމާލުކަމަށް އެކަން ގެނެސްފައިވާކަމަށް ވިދާޅުވެފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button