ޚަބަރުސިޔާސީ

ސިޓީތަކާއި އަތޮޅު ކައުންސިލްތަކުން ޕާސްޕޯޓް ހެދޭނެ ގޮތް ހަމަޖައްސަނީ

ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ޕާސްޕޯޓާއި އައިޑީ ކާޑު ހެދޭނެ ގޮތް ހަމަޖެއްސުމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ.

ރައީސްގެ ނިންމެވުމާ ގުޅިގެން ބުރާސްފަތިދުވަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ކޮންޓްރޯލާ ޖެނަރަލް އޮފް އިމިގްރޭޝަން މުހައްމަދު ޝައްމާން ވަހީދު ވިދާޅުވިގޮތުގައި ރައީސް ބޭނުންފުޅުވަނީ ރައްޔިތުންނަށް ލުއި ފަސޭހަ ގޮތަކަށް ޕާސްޕޯޓު ހެދުމުގެ ފުރުސަތު ސަރުކާރުން ފަހުކޮށްދިނުމެވެ.

”ޕާސްޕޯޓް ހެދުމަށް އެވްރެޖުކޮށް 1،200 އެއްހާ މީހުން އަތޮޅު ތެރެއިން މާލެއަށް އާދޭ. އެއިން ކޮންމެ މީހަކު އެފަދަ ދަތުރެއްގައި މަދުވެގެން 5،000 ރުފިޔާ ހަރަދުކުރޭ.“ ޝައްމާން ވިދާޅުވިއެވެ.

ޝައްމާން ވިދާޅުވީ ޕާސްޕޯޓާއި އައިޑީ ކާޑު ހެދޭނެ އިންތިޒާމު އަތޮޅު ތެރޭގައި ގާއިމުކުރުމަށް ކުރާ މަސައްކަތްތަކުގެ ތެރެއިން މުވައްޒަފުންނާއި ވަސީލަތްތައް ހޯދުމުގެ މަސައްކަތްވެސް މިހާރު ފެށިގެން ކުރިއަށްދާ ކަމުގައެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button