ޚަބަރުސިޔާސީ

ރައީސްގެ ވައުދުފުޅާ އެއްގޮތަށް ޒުވާނުންގެ ވިޔަފާރި ފުޅާކުރުމަށް ޑިޖިޓަލް ވޮލެޓްތަކުގައި މުއާމަލާތް ކުރެވޭ ގޮތް ހަމަޖައްސައިފި

މަނީ ޓްރާންސްފާ ޕްލެޓްފޯމުތަކާއި ޑިޖިޓަލް ވޮލެޓުއް ހިމެނޭހެން، ކުރިން ބްލޮކް ކޮށްފައިވާ ބޭރުގެ މާޗަންޓުން އަންބްލޮކްކޮށް، ޒުވާނުންނަށް ފުޅާ ދާއިރާއެއްގައި ފައިސާގެ މުއާމަލާތްތައް ކުރެވޭ ގޮތް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހަމަޖައްސައިފިއެވެ.

މިކަމާ ގުޅިގެން ބީއެމްއެލްގެ ސީއީއޯ ކާލް ސްޓުމްކަ ވިދާޅުވީ މިއީ ފްރީލާންސްކޮށް މަސައްކަތްކުރާ ފަރުދުންނާއި ޒުވާން ކުދި ވިޔަފާރިވެރިންނަށް ލިބިގެންދިޔަ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމުގައެވެ. އަދި ބޭންކިން ނިޒާމާއި ޕޭމަންޓް ހިދުމަތްތަކުން ކަސްޓަމަރުންނަށް ދެވޭ ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް މިކަމުގެ ސަބަބުން ކުރިއެރުންތަކެއް ލިބި، ފްރީލާންސް މަސައްކަތްތެރިންގެ އާންމު ދިރިއުޅުމުގެ ކަންކަން ހަމަޖެއްސުމަށް ރާއްޖެއިން ބޭރުން ލިބޭ ފައިސާ ބްލޮކްވެފައި އޮތް އޮތުން ނިމުމަކަށް އައީކަންވެސް އޭނާ ފާހަގަކުރެއްވިއެވެ.

އަލަށް ގެނެވުނު ބަދަލާއެކު ކަސްޓަމަރުންނަށް ބޭންކުގެ ވިސާ ޔޫއެސްޑީ ކްރެޑިޓް ކާޑު ނުވަތަ މާސްޓާކާޑް ޕްރީޕެއިޑް ޔޫއެސްޑީ ޓްރެވަލް ކާޑު ބޭނުންކޮށްގެން މި ޕްލެޓްފޯމްތައް މެދުވެރިކޮށް ފައިސާ ފޮނުވުމާއި ފައިސާ ލިބޭނެ ގޮތް ހަމަޖެހިގެންދާނެއެވެ.

މީގެ އިތުރުން ޑޮލަރު އެކައުންޓާ ލިންކު ކޮށްފައި ހުންނަ ބީއެމްއެލް ޑެބިޓް ކާޑުވެސް ފަސޭހަކަމާއެކު އެފަދަ ޓްރާންސެކްޝަންތަކަށް ބޭނުންކުރެވޭނެކަމަށް ބީއެމްއެލުން ބުންޏެވެ.

އީ ވޮލެޓުގެ ހިދުމަތް ފުޅާކޮށް، ޒުވާން ވިޔަފާރިވެރިން ބާރުވެރި ކުރުވުމަކީ ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button