ޚަބަރު

އެމްޕީއެލްގެ ވަޒީފާއަށް ބޭރު މީހުން ވައްދާ ކަމުގެ އަޑު ގަދަވެއްޖެ!

މާލޭގެ ވިޔަފާރި ބަނދަރުތައް ހިންގަމުން އަންނަ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އަށް ބަންގްލަދޭޝްގެ މަސައްކަތްތެރިން ވައްދަމުންދާ ކަމުގެ އަޑު ގަދަވެއްޖެއެވެ.

ވަޒީފާގައި ދިވެހިންގެ 100 އިން ސައްތަ މީހުން އުޅޭ ކުންފުންޏެއްގެ ގޮތުގައި ހެދުމަށް އެމްޑީޕީއިން ބުނި ނަމަވެސް ބިދޭސީ މީހުން މިހާރު ވަޒީފާއަށް ވައްދާ ކަމަށް ނަން ނުޖެހުމަށް ޝަރުތުކޮށް އެމްޕީއެލްގެ މުވައްޒަފަކު ”ބޮންތި“ އަށް ވަނީ ކިޔައިދީފައެވެ.

”މިހާރު 30 ވަރަކަށް މީހުން ވައްދައިފި. އިތުރު ބޭރު އޮޕަރޭޓަރުން ހޯދުމަށް ވަނީ އިއުލާން ކުރެވިފަ.“ އޭނާ ބުންޏެވެ.

މުވައްޒަފު ބުނިގޮތުގައި އެކަމުގެ ސަބަބުން އެތައް ދިވެހި މުވައްޒަފުންނަށް ވަޒީފާ ގެއްލުމުގެ ބިރު އެބައޮތެވެ. އެގޮތުން އެމްޕީއެލް ކާގޯ އޮޕަރޭޝަަންސް ޑިޕާޓުމްންޓުގެ މުވައްޒަފުންނަށް ހަރުކަށި ގަވައިދުތަކެއް ހަދައި ނެރެފައިވާކަން އޭނާ ފާހަގަކުރިއެވެ. އަދި އެއީ ބިދޭސީ މަސައްކަތްތެރިން ވަޒީފާއަށް ވައްދަން ފުރުސަތު ފަހިކުރަން ހެދި ގަވައިދުތަކެއް ކަމަށް އޭނާ ބުންޏެވެ.

މިކަމާ ގުޅިގެން އެމްއޭސީއެލްގެ މީޑިއާ އޮފިޝަލް އާއި ސުވާލު ކުރުމުން އަދި މިހާތަނަށް ރަސްމީ ބަހެއް ލިބޭގޮތް ވަނީ ނުވެފައެވެ.

އެމްޕީއެލްއަކީ ހާހެއްހާ މުވައްޒަފުންނާއެކު 24 ގަޑިއިރު ހިދުމަތް ދެމުން އަންނަ ކުންފުންޏެކެވެ.

One Comment

  1. އެތަކެއް ދިވެހި ޒުވާނުން ވަޒީފާއަށް އެދެމުންދާއިރު ވަޒީފާނުދީ ބަންގާޅު މީހުން އެ ވަޒީފާތަކަށް ދަނީ ނަގަމުން .

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button