ޚަބަރުސިޔާސީ

ގިރާވަރުފަޅުން ގޯތި ނުކެނޑެނީސް އަނެއްކާވެސް ގޯއްޗަށް އިއުލާނުކޮށްފި!

ބިންވެރިޔާ ސްކީމްގެ ދަށުން މާލޭ ރައްޔިތުންނަށް ގިރާވަރުފަޅުން ދިން ގޯތި ނުކަނޑަނީސް އަނެއްކާވެސް ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރަށް 6،000 ފްލެޓާއި 4،500 އަށް ވުރެން ގިނަ ގޯއްޗަށް ހުޅުވާލާނެކަން ސަރުކާރުން ހާމަކޮށްފިއެވެ.

ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެވަޑައިގެންފައިވާ ވައުދާ އެއްގޮތަށް ބިންވެރިޔާ ސްކީމުން ގިނަ ބަޔަކަށް ބޯހިޔާވަހިކަމުގެ ފުރުސަތު ހޯދައިދޭނެކަމަށާއި އިތުރު 6،000 ފްލެޓް ދޫކުރާނީ ހުޅުމާލެއިން ކަމަށެވެ. އަދި ގޯތި ދިނުމަށް ބިންތައް ދޫކުރާނެ ތަނެއް ދެދުވަސްތެރޭގައި އިއުލާނުކުރާނެކަމަށް އޭނާ ވިދާޅުވިއެވެ.

މާލޭގައި ދިރިއުޅޭތާ 20 އަހަރުވެފައިވާ އެންމެންނަށް މާލޭން ގޯއްޗާއި ފްލެޓް ދޭން ނިންމައި އެކަމާ ގުޅޭ ހައުސިން ސްކީމެއް ވަރަށް އަވަހަށް އިއުލާން ކުރައްވާނެ ކަމަށް ރައީސް އިބްރާހިމް މިދިޔަ ހަފުތާގައި އޮތީ އިއުލާންކުރައްވާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button