ޚަބަރުސިޔާސީ

ރަށުން ބޭރުގައި މަސައްކަތްކުރާ ޕްރިންސިޕަލުންގެ ކަނޑާލި އެލަވެންސް އަލުންދެނީ!

ރަށުން ބޭރުގައި މަސައްކަތްކުރާ ޕްރިންސިޕަލުންނަށް ދެމުން އައި އެލަވެންސް ކަނޑާލުމަށްފަހު ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރާއި ދިމާކޮށް އަނެއްކާވެސް އެ އެލަވެންސް ދޭން ފަށަން ސަރުކާރުން ނިންމައިފިއެވެ.

ދެވަނަ ބުރުގައި އިތުރު ވޯޓު ހޯދުމަށް މުޅިން އާ ވައުދުތައް ވަމުންދާއިރު، މާލެ ސިޓީގައި ބޭއްވި ޖަގަހަ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވަނީ ރަށުން ބޭރުގައި މަސައްކަތްކުރާ ޕްރިންސިޕަލުންނަށް އެލެވެންސެއް ދޭން ނިންމާފައިވާކަމަށް ވިދާޅުވެފައެވެ. ރައީސް ސޯލިހު ވިދާޅުވީ، އެއީ ޕްރިންސިޕަލުންނާ މަޝްވަރާކުރުމަށްފަހު ގެނައި ބަދަލެއް ކަމަށެވެ.

މިއީ އަލަށް ދޭންފަށާ އެލަވެންސެއްގެ ގޮތުގައި ސަރުކާރުގެ ފަރާތްތަކުން އިއުލާންކުރި ނަމަވެސް މި އެލަވެންސަކީ އަބަދުވެސް ދެމުން އައި އެލެވެންސެކެވެ. މިގޮތުން ރަށުން ބޭރުގައި މަސައްކަތްކުރާ ޕްރިންސިޕަލުންނަށް 9000 ރުފިޔާގެ އެލަވެންސެއް މީގެކުރިން ލިބެއެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button