ޚަބަރުސިޔާސީ

އިންޑިއާއިން ދޭން އެއްބަސްވި 3 ބިލިއަން ރުފިޔާ ލޯނާއިއެކު ރައީސްގެ އާ ވަޢުދުތަކެއް!

އިންޑިއާއިން ދިވެހިރާއްޖެއަށް 3 ބިލިއަން ރުފިޔާ ލޯނުގެ ގޮތުގައި ދޭން އެއްބަސްވުމާއި އެކު ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ގިނަ ވައުދުތައް ރައްޔިތުންނަށް ވެއްޖެއެވެ.

އިންޑިއާ އިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަ ސަފީރު މޫނު މަހާވަރު ވަނީ ފިނޭންސް މިނިސްޓަރު އަމީރާއި ބައްދަލުކުރައްވާ، ސްޓޭޓް ބޭންކް އޮފް އިންޑިއާ މެދުވެރިކޮށް ރާއްޖެއަށް 3 ބިލިއަން ރުފިޔާ ދަރަނީގެ ގޮތުގައި ދޭނެކަމުގެ ޔަގީންކަން ދީފައެވެ.  ބޮންޑުވިއްކައިގެން އެކަން ކުރަން ހަމަޖެހިފައިވާއިރު، 65 އަހަރުވުމުން ލިބޭ އިނާޔަތް 5000 އިން 7000 އަށް ބޮޑުކުރުމާއި، އެސްޑީއެފްސީން ކޮވިޑު ތެރޭގައި ދިން ލޯނުތަކުގެ އިންޓަރެސްޓް އެއްކޮށް ކަނޑާލައި ކުރިން އިންޓަރެސްޓު ދެއްކި ފަރާތްތަކަށް އަނބުރާ ފައިސާ ދެއްކުމާއި، އަމިއްލަ ރަށް ނޫން އެހެން ރަށްރަށުގައި މަސައްކަތްކުރާ ޕްރިންސިޕަލުންނަށް 7000 ރުފިޔާ ދިން ފަދަ ވަޢުދުތައް ވެފައިވަނީ މި ދަރަންޏަށް ބަރޯސާވެގެންނެވެ.

ރައީސް ސޯލިހު މީގެ ކުރިން މިފަދަ ވަޢުދުތަކެއްގެ ވާހަކަ ދައްކަވާފައި ނުވާއިރު، މިތަނުން ބައެއްކަންކަން މިހާރު ކުރަން ނިންމާފައިވާއިރު އެއީ ބަޖެޓުގައި ހިމެނިފައިވާ ކަންކަމެއްވެސް ނޫނެވެ.

One Comment

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button