ޚަބަރު

ރައީސް މުއިއްޒު ގެންދަވަނީ މާލެސިޓީއަށް ދިމާވާ ކަރަންޓް ކެނޑުމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދޭނެ ގޮތްތައް ރާއްވަވަމުން: ފަހުމީ

ރައީސް ޑރ.މުހައްމަދު މުއިއްޒު ގެންދަވަނީ މާލެސިޓީއަށް ދިމާވަމުން އަންނަ ކަރަންޓް ކެނޑުމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދޭނެ ގޮތްތައް ރާއްވަވަމުންކަމުގައިސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން ފަހުމީ ވިދާޅުވެއްޖެއެވެ.

މިއަދު ނޫހަށް ދެއްވި އިންޓަރވިއުއެއްގައި ފަހުމީ ވިދާޅުވީ މާލޭގެ މަގުތައް ރަނގަޅު ފެންވަރަކަށް ހެދިގެންދާއިރު މާލޭގެ ކަރަންޓު ނެޓްވޯކް ވަރުގަދަކޮށް އައުކުރެވޭނެކަމަށެވެ.

”އެހެންވީމަ އެއްކަމަކީ މާލޭގަ މި އޮތް ނެޓްވޯކް އާކުރުން، ކޭބަލް ނެޓްވޯކް އާކުރުން. ހަމަ އޭގެތެރޭގަ އަންނަން އެބަޖެހޭ ޓްރާންސްފޯމާވެސް، އިތުރު ޓްރާންސްފޯމާވެސް އަންނަންއެބަޖެހޭ. ދެން އަޅުގަނޑުމެންގެ ކެޕެސިޓީ މިވަގުތު ހުރިގޮތުން އެނގިވަޑައިގަންނަވާނެ ފަދައިން ވޭތުވެދިޔަ 5 އަހަރަކު ނެތް އަޅުގަނޑުމެންގެ ކެޕޭސިޓީ އިންކްރީޒް ކޮށްފައެއް. ހަމައެކަނި ގެނައީ  1.5 މެގަވޯޓް ޖެންސެޓްތަކެއް، ސައިޒް ބީޓީ ޖެންސެޓްތަކެއް ގެނައީ. ބޮޑު ޕްރިޖެކްޓެއް ހިންގާފަކާ ނެތް. ދެން މާލެ ހުޅުމާލެ މިހާރު މިވަނީ ގުޅާލާފަ. ގުޅާލާފަ އޮތްއިރުގަ މި ވާގޮތަކީ މާލެ ހުޅުމާލެ ކޮންމެ އަހަރަކު 20ޕަސެންޓް އިތުރުވަމުން އެބަދޭ ކެޕޭސިޓީ. އެހެންމެ އެ އައި ގްރޯތާ އެއްވަރަކަށް ކެޕޭސިޓީވެސް ނެތް އިތުރު ކޮށްފައެއް.“ ފަހުމީ ވިދާޅުވިއެވެ.

ފަހުމީ ފާހަގަކުރެއްވިގޮތުގައި އެ ހާލަތަށް ދާން ޖެހުނީ ވޭތުވެދިޔަ 5 އަހަރުދުވަހުގެ ތެރޭގަ ކެޕޭސިޓީ އިތުރުކުރުމަށް ޕްރޮޖެކްޓެއް ހިންގާފަ ނެތުމުންނެވެ. އެހެންކަމުން މާލޭގެ ކޭބަލް ނެޓްވޯކާއި، އެޑިޝަނަލް ކެޕޭސިޓީ އިތުރު ކުރެވޭ ކަހަލަ ޕްރޮޖެކްޓެއް ހިންގުމަކީ އެ ދެކަމަށް އޮތް ހައްލުކަމުގައި ފަހުމީ ވިދާޅުވިއެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button