
ތިލަމާލެ ބްރިޖް މަޝްރޫއުގެ މަސައްކަތުގެ ތެރެއިން ވިލިމާލެ ކައިރީގައި މަސައްކަތް ކުރަމުންދިޔަ ޖެކްއަޕް ޕްލެޓްފޯރމްގައި ބަހައްޓާފައިވާ މޯބައިލް ކެރޭންއަކުން ޕައިލިންގް މަސައްކަތް ފެށުމަށް ބޭނުންވާ ބައެއް މެޓީރިއަލް އުފުލަނިކޮށް ކްރޭންގެ ބޫމް ފެއިލްވެފައިވާކަމަށް މިނިސްޓްރީ އޮފް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާންސްޓްރަކްޗަރ އިން ވިދާޅުވެއްޖެއެވެ.
ޕްލޭނިންގ މިނިސްޓްރީން ވިދާޅުވެފައިވާ ގޮތުގައި މި ހާދިސާގައި އެއްވެސް މީހަކަށް އަދި އިތުރު އިކުއިޕްމަންޓަކަށްވެސް ގެއްލުމެއް ލިބިފައި ނުފެވެއެވެ. އަދި ކްރޭންގެ ބޫމްވަނީ ޖެކްއަޕް ޕްލެޓްފޯރމް މަތިން މިހާރު ނެގިފައިކަމަށް ވެސް އެ މިނިސްޓްރީން ވިދާޅުވެފައިވެއެވެ.
ތިލަމާލެ ބްރިޖް މަޝްރޫއުގެ މަސައްކަތުގެ ތެރެއިން ވިލިމާލޭ ކައިރީގައި މަސައްކަތް ކުރަމުންދިޔަ ޖެކްއަޕް ޕްލެޓްފޯރމްގައި ބަހައްޓާފައިވާ މޯބައިލް ކްރޭންއަކުން ޕައިލިންގް މަސައްކަތް ފެށުމަށް ބޭނުންވާ ބައެއް މެޓީރިއަލް އުފުލަނިކޮށް ކްރޭންގެ ބޫމްވަނީ ފެއިލްވެފައެވެ.
— Min.of National Planning, Housing & Infrastructure (@MoNPHImv) December 6, 2022
މިނިސްޓްރީން ވިދާޅުވެފައިވަނީ މި ހާދިސާއާއި ގުޅިގެން މި މަޝްރޫއުގެ ޝެޑިއުލްއަށް އެއްވެސް ބަދަލެއް ނާންނާނެކަމަށެވެ. އަދި މި ހާދިސާއާއި ގުޅިގެން ބައެއް ފަރާތްތަކުން އަސްލު އޮޅޭގޮތަށް ހަބަރު ފަތުރަމުން ގެންދާކަމަށްވެސް މިނިސްޓްރީން ކޮށްފައިވާ ޓްވީޓްގައި ފާހަގަކޮށްފައިވެއެވެ.
މި ކަމާއި ގުޅިގެން ގިނަ ރައްޔިތުންގެ ފާޑުކިޔުންތައް އަމާޒުވެފައިވާއިރު، ކެރޭނުގެ ބޫމް އެ އީ އިންޗި ހަމަނުވާ ވަސަރެއް، ”ކެރޭންގެ ބޫމްވަނީ ފެއިލްވެފަ“ ލިޔުމުގެ ބަދަލުގައި ކެރޭންގެ ބޫމްވަނީ ކަނޑަށް ވެއްޓިފަ މިހެން ލިޔުން އައުލާކަން ބޮޑުކަމަށް ބައެއް ރައްޔިތުން މިނިސްޓްރީގެ ޓްވީޓްގެ ކޮމަންޓްގައި ބުނެފައިވެއެވެ.