ޚަބަރުވިޔަފާރި

ލަގެޖް އެކްސެސްވުމުން ނަގާ ފީ ބޮޑުކޮށްފި

ސަރުކާރުން ޓީޖީއެސްޓީ ބޮޑު ކުރުމާ ގުޅިގެން ކަމަށް ބުނެ، މޯލްޑިވިއަން އިން ލަގެޖް އިތުރުވަމުން ނަގާ ފީ ބޮޑުކޮށްފިއެވެ.

މިއަދުން ފެށިގެން ލަގެޖަށް އިތުރުވާ ކޮންމެ ކިލޯއަކަށް 47.11 ރުފިޔާ (3.11 ޑޮލަރު) ނަގަން ނިންމާފައިވާ ކަމަށް މޯލްޑިވިއަން އިން މިއަދު ނެރުނު އިއުލާނެއްގައި ބުނެފައިވެއެވެ.

ކޫއްޑޫ އެއާޕޯޓާއި ކާޑެއްދޫ އެއާޕޯޓު އަދި މާވަރުލު އެއާޕޯޓަށް މޯލްޑިވިއަންއިން ދަތުރުތައް ކުރާއިރު ކުރިން ބުނި އަދަދަށް، ލަގެޖުން އިތުރުވާ ކޮންމެ ކިލޯއަކަށް ފައިސާ ނަގާނެކަމަށް އެ ކުންފުނިން ބުނެއެވެ.

ސަރުކާރުގެ ފަރާތުން، އިހަވަންދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝިފާޢު ހުށަހަޅުއްވާފައިވާ ”މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނު“ ބިލު ތަސްދީގުކުރެއްވުމާއެކު، މުދަލުގެ އަގުތައް ދަނީ ދުވަހެއް ދުވަހަކަށް ބޮޑުވަމުންނެވެ.

1 ޖަނަވަރީ 2023 އިން ފެށިގެން މި ބިލަށް އަމަލުކުރަން ފެށުމާއެކު މިހާރަށްވުރެވެސް އިތުރަށް ޚިދުމަތްތަކާއި މުދަލުގެ އަގު އިރުވާނެއެވެ. އެ ބިލުގައިވާގޮތުންނަމަ، ރައްޔިތުންގެ އަތުން ކުރިން ޖީއެސްޓި ގޮތުގައި ނަގަމުން އައި 6 ޕަސެންޓު މިހާރު ވަނީ 8 ޕަސެންޓަށް ބޮޑުކޮށްފައެވެ. އަދި ރާއްޖެ އަންނަ ފަތުރުވެރިންގެ އަތުން ޓީޖީއެސްޓީ ގޮތުގައި މިހާރު ނަގަން ހަމަޖެހިފައިވަނީ 16 ޕަސެންޓެވެ. ކުރިން ފަތުރުވެރިންގެ އަތުން ނަގަމުން އައީ ޓީޖީއެސްޓީގެ 12 ޕަސެންޓެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button