ޚަބަރު

ހަނިމާދޫ ރަންވޭ ޕްރޮޖެކްޓަކީ މަކަރުވެެރި ބޮޑު އޮޅުވާލުމެއް: ކެޕްޓަން އަމީން

ފަހުގެ ތާރީހެއްގައި ފެނުނު އެންމެ ބޮޑު އޮޅުވާލުމަކީ ހަނިމާދޫގައި އިންޑިޔާގެ ޖޭ.އެމް.ސީއިން ހަދަމުންދާ އެއާޕޯޓް ރަންވޭ ބޮޑުކުރުމުގެ މަސައްކަތް ކަމަށް އެމްއޭސީއެލްގެ ކުރީގެ ޑިރެކްޓަރު ކެޕްޓަން މުހައްމަދު އާމީން ވިދާޅުވެއްޖެ އެވެ. 

އަމީންވަނީ ޖޭ.އެމް.ސީ އިން ހަނިމާދޫގައި ހަދަމުންދާ 1160 މީޓަރު ރަންވޭ އިތުރަށް ބޮޑު ކުރުމާއި އިތުރު މަސައްކަތްތަކަށް ލިބޭ 136.6 މިލިޔަން ޑޮލަރު، އެމް.ޓީ.ސީ.ސީއިން 27 މިލިޔަން ޑޮލަރަށް ހަދަމުންދާ ނ.މާފަރުގެ ރަންވޭ 650 މީޓަރަށް ބޮޑުކުރާ ޕްރޮޖެކްޓާއި އަޅާ ކިޔުއްވާފައެވެ. 
މި ދެއަދަދުގެ ފަރަގު އެހާ ބޮޑަށް އިތުރުވެގެން ދަނީ ކީއްވެކަމެއް ސީދާ އާމީން ފާހަގައެއް ނުކުރައްވައެވެ.

ދެ ރަންވޭގެ ތަފާތު އަމީން ހިއްސާކުރެއްވިއިރު، ހަނިމާދޫ ރަންވޭ ބޮޑު ކުރުމުގެ އަމަލީ މަސައްކަތް އަދިވެސް އޮތީ ނުފެށިއެވެ. 

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button