މާލޭގައި ގިނަ އަހަރުތަކެއްވަންދެން ވިޔަ
ފާރި ކުރަމުންދާ ”އަގޯރާ“ ފިހާރަ ބަންދުކުރަން ނިންމައިފިއެވެ.
މައުލޫމާތު ލިބޭގޮތުން ނަމަ ފިހާރަތައް ބަންދުކުރަން ނިންމީ ވިޔަފާރި ބަނގުރޫޓުވުމާއި ގުޅިގެންނެވެ.
އަގޯރާ“ އަކީ ބްރައިޓް ބްރަދާސް އިން ހިންގަމުންދާ ގޭތެރޭއަށް ބޭނުންވާ ސާމާނު ވިއްކަމުންދާ ފިހާރައެކެވެ. ސޯސަންމަގުގައި އިންނަ ފިހާރަ، މިހާރު ރެޑްވޭވްއަށް ވިއްކާލުމަށްފަހު މަޖީދީ މަގުގައި އިންނަ ފިހާރަ ވިއްކާލުމުގެ މަސައްކަތް ކުރަމުންދާ ކަމުގެ މައުލޫމާތު ލިބިފައިވެއެވެ.
މަޖީދީމަގުގައި ހުންނަ ފިހާރައިގެ މުދާތައް ސޭލް އަޅުވާފައި ހުރިއިރު، ފަހަކަށް އައިސް ގޭތެރޭ ބޭނުންކުރާ ސާމާނު ވިއްކާ އެތަކެއް ފިހާރައެއް މާލޭގައި ހުޅުވިފައި ހުންނަކަން ފާހަގަވެއެވެ.