ކެލިބްރޭޝަން އަކީ ޓެކްނިކަލް ރޫޓީން ޖޮބެއް ގެ ގޮތުގައި ރާއްޖޭގައި ވަރަށް ކުރިއްސުރެ ވީއޯއާރ އަދި އައިއެލްއެސް އިންސްޓޯލް ކުރި ތާރީހުން ފެށިގެން ހިނގަމުން އަންނަ މަސައްކަތެއް ކަމަށް ފޯމަރ ޑިރެކްޓަރ އޮޕަރޭޝަން އޮފް އައިއޭއެސްއެލް، ޓީއޭއެމްގެ ނައިބު ރައީސް އަދި އެމްއޯސީގެ އެކްސްކޯ މެންބަރު ކެޕްޓަން މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ.
ކެޕްޓަން އަމީން މިފަދައިން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަދި ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ ނައިބު ރައީސް އަޙްމަދު ޝިޔާމްކޮށްފައިވާ ޓްވީޓެއް ރީޓްވީޓް ކުރައްވަމުންނެވެ.
އަމީން އިތުރަށް ވިދާޅުވީ އައު ކޯޑް އެފް ރަންވޭ އަދި ނެވިގޭޝަނަލް ޓޫލްސްތައް ފުރިހަމަކޮށްފައިވަނީ ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ޔާމީން ޢަބްދުލްޤައްޔޫމްގެ ދަޢުރުގައި ކަމަށެވެ.