ޚަބަރުސިޔާސީ

މިނިސްޓަރ ޝިޔާމަށް ކޮލަމާފުށިން ހޫނު މަރުހަބާއެއް، ވަޑައިގެންނެވީ މަސްވެރިންގެ ކަންބޮޑުވުންތައް ހައްލު ކޮށްދެއްވަން!

މަސްވެރިކަމާއި ކަނޑުތަކުގެ ވަސީލަތްތަކާ ބެހޭ ވުޒާރާގެ ވަޒީޒު އަހުމަދު ޝިޔާމް، ގއ. އަތޮޅުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ގއ. ކޮލަމާފުށްޓަށް ޒިޔާރަތްކުރަައްވައިފިއެވެ.

މި ދަތުރުފުޅުގައި ގއ. ކޮލަމާފުށީގެ ކައުންސިލް މެންބަރުންނާއި ރަށުގެ މަސްވެރިންނާއި ވަޒީރު ބައްދަލުކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ކޮލަމާފުށީ ކައުންސިލުން ވަނީ މަސްވެރިންނަށް އަމާޒުކޮށް ޑައިވިންގް ކޯސްތަކެއް ހިންގަވައިދެއްވުމަށާއި، ވަދު ކަނދުފައްޗެއް ޤާއިމު ކޮށްދެއްވުމަށާއި، ‎މަސްވެރިންނަށް އައިސް ލިބޭނެ ފަސޭހަ އިންތިޒާމްތަކެއް ހަމަޖައްސަވައިދެއްވުމަށާއި، މަސްދޯނިތައް އެހެލާނެ ސަރަހައްދެއް ގާއިމްކޮށްދެއްވުމަށް އެދިވަޑައިގެންފައެވެ.

މި ބައްދަލުކުރެއްވުމުގައި މަސްވެރިންވަނީ، ކުރާ މަހަށް ފައިސާ ލިބޭނެ އަވަސް އިންތިޒާމްތަކެއް ހަމަޖައްސަވައިދެއްވުމަށް ވަޒީރު އަރިހުގައި ދަންނަވާފައެވެ.

ބައްދަލުވުމުގައި ދެފަރާތުން ކުރި މަޝްވަރާއަށްފަހު ވަޒީރު ޝިޔާމް ވަނީ މިފްކޯއާ މަޝްވަރާކުރައްވައި، މަސްވެރިންނަށް ވީހާވެސް އަވަހަށް ފައިސާ ލިބޭނެ އިންތިޒާމްތައް ހަމަޖެއްސުމުގެ މަސައްކަތް މިހާރުވެސް ކުރެވެމުން ދާކަން ފާހަގަކުރައްވާފައެވެ.

ރާއްޖޭގެ ދެ ސަރަހައްދެއްގައި ކަނދުފަތީގެ ސެންޓަރު ގާއިމުކޮށް، ކަނދުފަތީގެ ވިއުގަ އިތުރުކުރުމުގެ މަސައްކަތް ކުރެވޭނެ ކަމަށާއި، ފެނަކައާ މަޝްވަރާކޮށްގެން އައިސް ޕްލާންޓްތަކުގެ މައްސަލައަށް އަވަސް ހައްލެއް ހޯއްދަވައިދެއްވާނެ ކަމުގެ ޔަގީންކަން ވަޒީރު ޝިޔާމް ވަނީ މަސްވެރިންނަށް ދެއްވާފައެވެ.

މަސްވެރީންނަށް ލުއި ފަސޭހަ ގޮތްތައް ހޯދައިދީ، ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ނަފާވެރިކަން ގެނެސްދިނުމަކީ ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ވަރަށް ބޮޑު އަމާޒެކެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button