ޚަބަރުސިޔާސީ

މަސްވެރިން ތަމްސީލު ކުރާނެ ފަރާތެއް މިފްކޯ ބޯޑަށް ހޯދަނީ

މޯލްޑިވްސް ފިޝަރީޒް އިންޑަސްޓްރިއަލް ކޮމްޕެނީ ލިމިޓެޑް (މިފްކޯ)ގެ ބޯޑުގައި މަސްވެރިން ތަމްސީލު ކުރާނެ ފަރާތެއް ކަނޑައެޅުމަށް ފުރުސަތު ހުޅުވާލައިފިއެވެ.

ފިޝަރީޒް މިނިސްޓްރީން އިއްޔެ ކުރި އިއުލާނެއްގައި ވާގޮތުން އެއީ ސަރުކާރުގެ ފުރަތަމަ “ހަފްތާ 14″ގެ މަގުޗާޓުގައި ހިމަނާފައިވާ، މިފްކޯ ހިންގުމުގައި މަސްވެރިންގެ ދައުރު ފުޅާކުރުމުގެ މަސައްކަތްތަކުގެ ތެރެއިން، މިފްކޯގެ ބޯޑުގައި މަސްވެރިން ތަމްސީލުކުރާނެ ފަރާތެއް އައްޔަން ކުރުމަށްޓަކައި ނިންމާފައި އޮތް ގޮތެވެ. އެގޮތުން ކުރިމަތިލުމުގެ ސުންގަޑިއަކީ ޖެނުއަރީ 11 ވަނަ ދުވަހު މެންދުރު 13:30 ކަމަށް އެ އިއުލާނުގައިވެއެވެ.
މަސްވެރިން ތަމްސީލުކުރުމަށް ކުރިމަތިލާ މީހުންގެ ޝަރުތުތަކުގެ ތެރޭގައި ދިވެހި ރައްޔިތަކު ކަމުގައިވުމާއި، މަސްވެރިކަމުގައި މިހާރުވެސް ހަރަކާތްތެރިވާ އުމުރުން 18 އަހަރު ވެފައިވާ މީހަކަށްވުން ހިމެނެއެވެ. އަދި ޖިނާއީ ކުށެއް ކުރިކަން ސާބިތުވެ، 12 މަސްދުވަހަށްވުރެ ދިގުމުއްދަތެއްގެ ހުކުމެއް ތަންފީޒުކުރަމުންދާ މީހަކު ކަމުގައި ނުވުމާއި، އެފަދަ ހުކުމެއް ކޮށްފައިވާ މީހަކުނަމަ، އެ ހުކުމެއް ތަންފީޒުކޮށް ނިމުނުތާ ނުވަތަ، އެ ހުކުމުން ކަނޑައެޅުނު އަދަބު މައާފުކުރެވުނުތާ 5 އަހަރު ވެފައިވާ މީހަކު ކަމުގައިވުން ހިމެނެއެވެ.
މިނިސްޓްރީން ބުނިގޮތުގައި ބޯޑު މެންބަރުކަމަށް ކުރިމަތިލާ ފަރާތަކީ މިވަގުތު މަސްވެރިކަން ކުރާ ފަރާތެއްކަން ބަޔާންކުރާ ރަށު ނުވަތަ ސިޓީ ކައުންސިލްގެ ލިޔުމެއް ހުށަހަޅަން ޖެހޭނެއެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button