ޚަބަރުސިޔާސީ

ރައީސް މުއިއްޒުގެ މެނިފެސްޓޯއާއި އެއްގޮތަށް މަސްކިލޯއެއްގެ އަގު 20 ރުފިޔާއަށްވުރެ ތިރިވިޔަނުދީ ހިފެހެއްޓުމަކީ ސަރުކާރުގެ އަމާޒު: މިނިސްޓަރ ޝިޔާމް

ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ރިޔާސީ މެނިފެސްޓޯގައި ވާފަދައިން މަސްކިލޯއެއްގެ އަގު 20 ރުފިޔާއަށްވުރެ ތިރިވިޔަނުދީ ހިފެހެއްޓުމަކީ ސަރުކާރުގެ އަމާޒު ކަމުގައި ފިޝަރީޒް މިނިސްޓަރ އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ޕީއެސްއެމްގެ ޕްރޮގްރާމެއްގައި ރޭ ދެއްކެވި ވާހަކަފުޅުގައި މިނިސްޓަރ ޝިޔާމް ވިދާޅުވީ ސަބްސިޑީ ދީގެން މަސްކިލޯއެއް 25 ރ. އަށް ގަތުމަކީ ކުރެވޭނެކަމެއް ނޫންކަމުގައެވެ. ސަރުކާރުން މަސްކިލޯއެއް ގަތުމަށް ނިންމާފައިވަނީ ކިލޯއެއް 20 ރ. އަށްވުރެ ދަށްނުވާ ގޮތަށް ކަން ފާހަގަކުރައްވައި އެމަނިކުފާނު ވިދާޅުވީ އެގޮތަށް އެކަން ނިންމަން ޖެހުނީ މަސް ގަތުމަށް ސަރުކާރުން ބޮޑު ސަބްސިޑީއެއް ދޭންޖެހޭތީ ކަމުގައެވެ.

”މި ސިނާއަތުގައި ހަރަކާތްތެރިވާ އަމިއްލަ ކުންފުނިތަކަށް ބޮޑެތި ގޮންޖެހުންތަކެއް އެބަހުރި. ކުންފުނިތައް ހުއްޓި, ބައެއްގެ ވަޒީފާ ގެއްލެމުންދަނީ. ’ޕްރައިވެޓް ސެކްޓާއަކަށް ނެތް 25 ރުފިޔާއަށް ވިއްކޭކަށް. އެ ތަންތަނަކީ ވަރަށް ގިނަ މުވައްޒަފުން މަސައްކަތް ކުރާ ތަންތަން. ވަޒީފާ ގެއްލުމަކީ އެތައް އާއިލާތަކަކަށް ލިބޭނެ ނިކަމެތިކަމެއް. ވާހަކަ ދައްކައިގެން އުނދަގޫ ނުވާ އަގަކަށް ހަދާނަން.“ޝިޔާމް ވިދާޅުވިއެވެ.

ރިޔާސީ އިންތިހާބާއި ދިމާކޮށް މިދިޔަ ސެޕްޓެމްބަރު މަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން މަސް ކިލޯއެއްގެ އަގު 25 ރުފިޔާއަށް ބޮޑުކޮށްފައިވާއިރު، ރައީސް މުއިއްޒުގެ ސަރުކާރުން ވެރިކަމާ ހަވާލުވިއިރު މަސްވެރީންނަށް ފައިސާ ދޫނުކުރާތާ ދެމަސްދުވަސްވެފައިވާކަން މިނިސްޓަރަ ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ މިދިޔަ ހަފުތާތެރޭގައި އެކަނިވެސް 30 މިލިއަން ރުފިޔާ މަސްވެރިންނަށް ދޫކޮށްފައިވާނެ ކަމުގައެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button