ޚަބަރުސިޔާސީ

އައު ކުންފުނިން މަސްވެރިކަމުގެ އުފެއްދުންތައް ގައުމުތަކުގައި މާކެޓް ކުރުމުގެ ސިޔާސަތު ހާސިލްވާނެ: މިނިސްޓަރ ޝިޔާމް

ދިވެހި މަސްވެރިކަމުގެ އުފެއްދުންތައް ބޭރު ގައުމުތަކުގެ ބާޒާރުގައި މާކެޓުކޮށް ޕްރޮމޯޓުކުރުމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު އުފައްދަވަން އިއްޔެ ނިންމެވި އައު ކުންފުނީގެ ސަބަބުން އެ ސިޔާސަތު ހާސިލްވެގެންދާނެ ކަމުގައި ފިޝަރީޒް މިނިސްޓަރ އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

”ބޮންތި“ އަށް މައުލޫމާތު ދެއްވަމުން މިނިސްޓަރ ޝިޔާމް ވިދާޅުވީ ”މޯލްޑިވްސް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް މާކެޓިންގ އެންޑް ޕްރޮމޯޝަން ލިމިޓެޑް“ގެ ނަމުގައި ރައީސް އިއްޔެ އުފެއްދެވި ކުންފުންޏަކީ ދަރަންޏަށް ޒިންމާވާންޖެހޭ މިންވަރު ކަނޑައެޅިފައިވާ އަދި ސަރުކާރުގެ ފުރިހަމަ ހިއްސާ އޮންނަ ކުންފުންޏެއްކަމުގައެވެ.

”މިއީ ރައީސް މަސްވެރިންނަށް ހުޅުވައިދެއްވި އައު ދޮރެއް.“ ޝިޔާމް ވިދާޅުވިއެވެ.

މަސްވެރިކަމުގެ ސިނާއަތު އިތުރަށް ފުޅާކޮށް، އެކުއަކަލްޗާއާއި މެރިކަލްޗާ ފަދަ ކަނޑުފަޅުގެ އެންމެހައި ވަސީލަތްތަކުން އުފައްދޭ ބާއްވަތްތައް ބޭރުގެ ބާޒާރުގައި ޕްރޮމޯޓުކުރުމަކީ ކުންފުނީގެ އަމާޒުކަމަށް ވީހިނދު މިނިސްޓްރީއިން ދޭން ޖެހޭ ފުރިހަމަ އެއްބާރުލުމާއި ފަންނީ އެހީތެރިކަން ފޯރުކޮށްދެއްވާނެކަން ޝިޔާމް ފާހަގަކުރެއްވިއެވެ.

ރަނގަޅު ފެންވަރުގެ މަތީ އަގު ލިބޭ ބާޒާރުތަކުގައި ރާއްޖޭގެ މަސްވެރިކަމުގެ އުފެއްދުންތަކަަށް ބޮޑު އަގު ހޯދުމަކީ އެ ކުންފުނީގެ އަމާޒުކަމުގައި އިއްޔެ ރައީސް އޮފީހުންވެސް ވަނީ ވިދާޅުވެފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button